ވެލާނާ ލޯންޗުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ކ. ގުރައިދޫ ކައިރިން ދަތުރުކުރި އެމްއެންޑީއެފް ފާސްޓާ އިންޓަސެޕްޓާ (އެފްއައިސީ) ވެލާނާ ލޯންޗުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު ފަހު 3:55 ހާއިރު ކަމަށް އެފަރާތުން ބުނެއެވެ. މީގެ އިތުރުން މިހާރު އެ ލޯންޗުގައި ރޯވެފައިވާ އަލިފާން ނިއްވާލައިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.