ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިން މިއަދު ކުޑަ ކުއްޖަކު ފިލައިގެން ދިޔަ ކަމަށް ބުނެ އެއްވެސް މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ކުޑަކުދިންގެ ހިޔާގައި ހުރި އަންހެން ކުއްޖަކު އެތަނުން ފިލައިގެން ލޯންޗެއްގައި ރަށަށް ފުރައިގެން ދިޔަ ކަމަށް ބުނެ އެކުއްޖާ ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ އަޑު ފެތުރިފައެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ ވިލިމާލޭ ކުޑަކުދިންގެ ހިޔާއިން ކުއްޖަކު ފިލައިގެން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް ފުލުހަށް ހުށަހަޅާފައިނުވާ ކަމަށެވެ.
ދައުލަތުން ބަލަހައްޓާ ކުދިން އުޅެމުންދާ ހުޅުމާލޭ ފިޔަވަތި އަދި ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އުޅެމުންދާ ކުދިން ފިލައިގެންދިއުމާއި، އެ ތަނުގެ ފުރާޅު މައްޗަށް އަރައިގެން އުޅުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ރިޕޯޓް ކުރެވެއެވެ.
ދޮގު ހަދާނެ ކަމެއް ނެތް. ތިހެން ދޮގު ހަދަހަދާފައެއްނު ބާޣީ ލުތުފީ ވެސް އެންމެފަހުން ގެނައީ. ނޭގެއޭ ނުދެނަހުރީމޭނު ފުރަތަމަ ކީ.