ގއ. މާމެންދޫ ގޮނޑުދޮށަށް ގޮތް ނޭނގޭ 44 ޕާރުސަލު ލައްގައިފިއެވެ.
ފުލުހުން ބުނީ، މިއަދު ހެނދުނު 6:35 ހާއިރު ގއ. މާމެންދޫ ގޮނޑުދޮށަަށް ގޮތް ނޭނގޭ ޕާރުސަލު ލައްގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަަށެވެ. ފުލުހުން ބެލި ބެލުމުގައި އޭގެ 44 ޕާރުސަލް ލައްގާފައިވެއެވެ.
އަދި އެ ޕާރުސަލް ތަކުގައި ހުރީ ކޮންއެއްޗެއްކަން ޔަގީން ކުރުމަށް ޓެސްޓު ކުރުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށް ބުނެއެވެ.
މާމެންދޫއަށް ޕާރުސަލްތަކެއް ލައްގާފައިވާ އިރު މިދިޔަ ހޮނި ހިރު ދުވަހު އިންސާނެއްގެ ބޮލުގެ ކަށިގަނޑު ވަނީ ރިސޯތަކަށް ލައްގާފައެވެ. މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު ގިރިފުށި ޖެތީ ސަރަހައްދަށް ވަނީ 2 ފޫޓުގެ ޕާރުސަލެއް ލައްގާފައެވެ. އެޕާރުސަލުގައި ހުރީ ފަތްތަކެކެވެ.
ވަގުތު ނޫހަކީ ގައުމުގެ ޙަލާކު އެނޫސް ބަންދުކުރުމަށް ދިވެހި ސަރުކާރަށް ގޮވާލަށް