މެދު ރާއްޖެތެރޭގެ ރަށެއްގެ 12 އަަހަރުން ދަށުގެ 2 ކުދިންނަށް ޖިންސީ ގޯނާ ކުރި ދިވެހި ފިރިހެނަކު ފިލައިގެން އުޅެނިކޮށް ފުލުހުން އޭނާ ހައްޔަރުކޮށްފިއެވެ.

އެމީހާ މިރޭ މާލެއިން ހައްޔަރު ކޮށްފައިވާ ކަމަށް "ދަ ޕްރެސް" އަށް ކަށަވަރުކޮށްދީފައި ވަނީ އެކުދިންގެ އާއިލާގެ ފަރާތުންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު މާލޭގައި އުމުރުން 12 އަހަރުގެ ކުއްޖަކާއި 9 އަހަރުގެ ކުއްޖަކަށް 28 އަހަރުގެ ދިވެހި ފިރިހެނަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ރުޕޯޓު ކޮށްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުންޏެވެ.

އާއިލާގެ ފަރާތުން މައުލޫމާތު ދިން މީހަކު ބުނީ، 28 އަހަރުގެ މީހާ 2 ކުދިންނަށް ޖިންސީ ގޯނާ ކުރުމަށް ފަހު ފިލައިގެން އުޅޭ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވާނެ ކަމަށެވެ. އަދި އެކުދިންނަށް ޖިންސީ ގޯނާ ކުރި މީހާއަކީ އެކުދިންގެ ކުރީގެ ޅިއަނެއް ކަމަށްވެސް އެފަރާތުން ބުނެއެވެ.

އިތުރު ތަފްސީލް އަންނަނީ...