5 އަހަރުގެ ކުއްޖަކަށް 56 އަހަރުގެ ދިވެހި ފިރިހެނެއް ޖީންސީ ގޯނާ ކުރި މައްސަލަ އެއް ހުށަހަޅައިފިއެވެ.

މި ކަން ހިނގާފައި ވަނީ ދެކުނުގެ އަތޮޅެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނީ، ދެކުނުގެ އަތޮޅެއްގެ ރަށެއްގައި 5 އަހަރުގެ ކުއްޖަކަށް 56 އަހަރުގެ ދިވެހި ފިރިހެނަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ރޭގެ ވަގުތެއްގައި ހުށަހެޅިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް އެފަރާތުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނެފައިވަނީ ޖިންސީ ގޯނާގެ މައްސަލަތަކުގައި ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމަނުކުރަނީ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކަމަށެވެ.

5 އަހަރުގެ ކއުްޖާގެ މައްސަލަ ފެންމަތިވެފައިވާ އިރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ދެކުނުގެ ރަށެއްގައި 2 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކަކީ އެކުއްޖާގެ ބައްޕައާއި ބައްޕަ ފަރާތު ކާފަ އަދި މުނިކާފައެވެ. މި މައްސަލައިގައި ފުލުހުން ވަނީ ތިން މީހުންވެސް ހައްޔަރުކޮށްފައެވެ. އެއީ 33 އަހަރުގެ ފިރިހެނަކާއި 62 އަހަރުގެ ފިރިހެނަކާއި 81 އަހަރުގެ ފިރިހެނެކެވެ. މީގެ ތެރެއިން އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ ބަނަދަށް 15 ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން ބުނެއެވެ.