އދ. އަތޮޅުގެ ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 11:10 ހާއިރު އދ. އަތޮޅުގެ ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެގޮތުން އެކްސިޑެންޓް ހިނގަން މެދުވެރިވެފައިވަނީ މާމިނގިލި އަރިޔަދޫ ކަންމަތިން ސަން އައިލެންޑް ރިސޯޓްގެ ލޯންޗެއް ގެސްޓުން މޫދަށް ބާލައިގެން އެސަރަހައްދުގައި މަޑުކޮށްގެން އޮއްވައި އެހެން ލޯންޗެއް ކޮންޓްރޯލް ނުވެގެން އައިސް އެ ލޯންޗްގައި ޖެހިގެންނެވެ.

ފުލުހުން ބުނީ އެހާދިސާގައި ސަން އައިލޭންޑް ލޯންޗްގައި ތިބި ބައެއް ގެންސްޓުންނަށް އެކިވަރުގެ އަނިޔާލިބިފައިވާ ކަމަށާއި އެ ލޯންޗަށްވެސް ގެއްލުން ވެފައިވާ ކަމަށެވެ. އެހާދިސާގައި އަނިޔާވި ގެސްޓުންނަށް މާމިނގިލި ހޮސްޕިޓަލްގައި ދަރުވާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.