މެދުއިރުމަތީގައި ގާއިމުކޮށްފައިވާ އެމެރިކާގެ ބާރުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު، ހިޒްބުއްލީގެ ލީޑަރު ހަސަން ނަސްރުﷲ ދީފިއެވެ.
އެމެރިކާގެ ބާރުތަކަށް އަމާޒުކޮށްދޭ ހަމަލާއަކީ އީރާނާ އީރާގުގެ ކޮމާންޑަރުތަކެއް، އެމެރިކާގެ ޑްރޯން ހަމަލާއެއްގައި މަރާލުމާ ގުޅިގެން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ދޭ ހަމަލާއެއް ކަމަށް ހިޒްބުއްލޯއިން ވަނީ ބުނެފައެވެ.
ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނު ރަށްފުށު އަވަށެއްގައި ޖަމާވެފައިވާ ގިނަ ބަޔަކަށް އަމާޒުކޮށް ބްރޯޑްކާސްޓްކުރި މެސެޖެއްގައި ނަސްރުﷲ ބުނީ، ކޮމާންޑަރުންތައް މަރާލީ އެމެރިކާގެ އަސްކަރިއްޔާއިން ކަމަށާ، އެކަމުގެ އަގު އަދާކުރާނެ ބަޔަކީވެސް އެމެރިކާގެ އަސްކަރިއްޔާ ކަމަށެވެ.
އަދި ވަކިވަކި ފަރުދުން ފާހަގަކޮށް، އެފަދަ ގޮތަކަށް ހަމަލާ ދީގެން ނުވާނެ ކަމަށްވެސް ނަސްރުއްލޯ ވަނީ ގަވާލާފައެވެ. ވަކިވަކި ފަރުދުން ފާހަގަކޮށްގެން އެ ފަރުދުންނަށް ހަމަލާ ދިނުމަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސިޔާސަތުތައް ތަންފީޒުކޮށްދިނުން ކަމުގައިވެސް ނަސްރުﷲ ވަނީ ސިފަކޮށްފައެވެ. ކަންމިހެން އޮތްއިރު، އެމެރިކާގެ އަސްކަރިއްޔާއަށް ދޭ ހަމަލާގައި މަރުވެދާ ސިފައިންގެ ގަބުރުތައް އެމެރިކާގެ ފަސްގަނޑަށް ގެންދެވޭ ވަގުތަކީ، މެދުއިރުމަތީގައި އޭނާގެ ބައްރު ގެއްލި ގޮސްފައިވާކަމުގެ އިހުސާސް ޓްރަމްޕަށް ކޮށްދޭނެ ކަމެއް ކަމަށްވެސް ނަސްރުﷲ ވަނީ ސިފަކޮށްފައެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނަސްރުﷲގެ ތަގުރީރު ދުރަށް ފޮނުވަމުންދިޔަ ސްކްރީންގެ އަޑަށްވުރެ، އެސަރަހައްދަށް ޖަމާވެފައި ތިބި މީހުން 'އެމެރިކާގެ ނެތިދިއުމަށް' ގޮވާލަމުންދިޔަ ދިއުމުގެ އަޑު ގަދައެވެ.
އީރާނު އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ ގޮފި ކަމަށްވާ ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ މަރާލިކަމުގެ ބަދަލު، ކޮންމެ ފަދަ ދަނޑިވަޅެއްގައި، ކޮންމެ ފަދަ ގޮތަކަށްވެސް ހިފާފާނެ ކަމުގެ އިންޒާރު، އީރާނުން ވަނީ ދީފައެވެ.
ﷲ ގެ އިސްމުފުޅު ލިޔަން ދަސްކުރަންވެއްޖެ ހަބަރު ލިޔާ ކުއްޖާ. ޙިޒްބުއްލޯ އެއީ ގޯސް، ހިޒްބުﷲ އެއީ ރަނގަޅު ގޮތް