މާލޭގައި މާފަންނު ހިލާލީ މަގުގައި ހިންގި މާރަމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދި މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތުދޭ ގޮތުގައި، މާފަންނު ހިލާލީ މަގުގައި ބަޔަކު ހަމަނުޖެހުމެއް ހިންގާކަމަށް ފުލުހުންގެ ސީސީޓީވީ ކެމެރާ އަކުން ފާހަނގަކުރެވިގެން ބެލިއިރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަން ފާހަނގަކުރެވިފައިވާ ކަމަށެވެ.

މިކަން ފުލުހުންނަށް ފާހަނގަކުރެވިފައިވަބީ މިއަދު ހަވީރު 16:42 ހާއިރުކަމަށް ފުލުހުން ބުނެއެވެ. މި މާރާމާރީގައި ޒަހަމްވި މީހާގެ އަރިކައްޓަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާކަމަސް ފުލުހުން ބުނެއެވެ. ޒަހަމްވި މީހާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާއަކީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރަށް އަލިކިލޭގެފާނު މަގުގައިވެސް މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަމަށް މައުލޫމަތު ލިބެއެވެ. މި ކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.