ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2020 ގައި ބައިިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބއިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވަލާފައި ވާއިރު، މި ޕްރޮގްރާމުގައި އޭ ލެވެލްއިން ފެށިގެން މަތީ ތައުލީމު ހާސިލްކޮށްފައިވާ އަދި ދާއިމީ ވަޒީފާއެއް އަދާކޮށްފައި ނުވާ، އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށް ބައިވެރިވެވޭނެއެވެ.

މިޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގެވެރިވާ ޒުވާނުންނަށް “ވޯކްއިން އިންޓަވިއު” އޮންނާނީ އަންނަ ޖެނުއަރީ މަހު 7 ވަނަ ދުވަހުގެ މެންދުރު 2:00 އާއި ހަވީރު 5:00 އާ ދެމެދު ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނީ މި އިންޓަވިއުތައް ކުރިއަށް ދާނީ ދިރާގު ހެޑް އޮފީހުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމު ކުރެވިފައި ވާ ރީޖަނަލް އޮފީސްތަކުގައި ކަމަށެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ދިރާގުގެ މާކެޓިން، އެޑްމިނިސްޓްރޭޝަން، ޕްރޮކިއުމެންޓް އެންޑް ޕްރޮޕަޓީ މެނޭޖުމަންޓް، ހިއުމަން ރިސޯސަސް، ފައިނޭންސް، ނެޓްވޯކްސް އަދި ކަސްޓަމާ ސޮލިއުޝަން ފަދަ ޑިޕާޓްމެންޓު ތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ޕްރޮގްރާމަކީ ދިރާގުގެ ސީއެސްއާރުގެ ދަށުން ގިނަ ޒުވާނުން ވަޒީފާގެ މާހައުލައް އަހުލުވެރި ކުރުވާ، ފަންނީ ހުނަރު ދަސްކޮށްދީ، ޒިންމާދާރު ބަޔަކަށް ހެދުމުގެ މަގުސަދުގައި ދިރާގުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.