ރައްޔިތުންގެ އަމާންކަން ޔަގީންކޮށް ދެއްވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފެއިލްވެވަޑައިގެންފައި ވާ ކަމަށާއި ވަގުތުން އިސްތިއުފާ ދެއްވުމަށް ދިވެހި ރައްޔިތުންގެ ޕާޓީ، ޑީއާރްޕީ އިން ގޮވާލައިފިއެވެ.
ޑިއާރްޕީއިން މިގޮތަށް ގޮވާލާފައި ވަނީ ފަހަކަށް އައިސް ފޭރުމާއި މާރާމާރީ ރާއްޖޭގައި ގިނަވުމާ ގުޅިގެނެވެ.
ޑީއާރްޕީއިން ބުނީ ފަހަކަށް އައިސް ފޭރުމުގެ ހާދިސާތައް އިތުރުވެ ރާއްޖެ އަންނަ ޓުއަރިސްޓުންވެސް ބިރުވެރި ހާލަތަކަށް ގޮސްފައިވާ ކަމަށެވެ. އަދި ގައުމުގެ އަމަން އަމާންކަން ބެލެހެއްޓުން ފެއިލްވެފައިވާ ކަމަށެވެ.
ފަހަކަށް އައިސް ފޭރުމުގެ މައްސަލަތައް ދަނީ ގިނަވަމުންނެވެ. އެގޮތުން މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިކޮށް މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަނަށް ހަމަލާދީފައިވަނީ އޭނާ މަރާލަން ނޫން ކަމަށާއި، މަސައްކަތް ކުރީ ފޭރެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ރޭވެސް ވަނީ ހުޅުމާލޭގައި ބޭރުމީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައެވެ. އަދި ހުކުރު ދުވަހުގެ ރޭ ދަންވަރު ވަނީ މީހެއްގެ އަތުން ފޭރެން އުޅެ، އެމީހާގެ އަތަށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމް ކޮށްލާފައެވެ.
ޖާބިރޫ މޮޔަ ނުގޮވާ އިސްތިއުފާ ދީފައި ދެން ގޮސް އޮވޭ ގޭގަ