ސިނަމާލޭ ބްރިޖާއި ހައިވޭގައި ކެމެރާ ހަރުކޮށް ބޭނުން ކުރަން ފަށައިފިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރިޖާއި ހައިވޭގައި ކެމެރާތައް ހަރު ކުރެވި، ބޭނުން ކުރަން ފެށިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ސްޕީޑް ކެމެރާ ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. އެ ކެރާއިން އުޅަނދުގެ ނަމްބަރު ވަގުތުން ނަގައި ގަނެވޭނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވަނީ ޓެކްނިޝަން ޓީމަށް ޝުކުރު އަދާކޮށްފައެވެ. ސީޕީގެ ޓްވީޓްގައި އަލަށް ހަރުކުރި ސީސީޓީވީ ކެމެރާތަކުން ނަގާފައިވާ ބައެއް ފޮޓޯތައްވެސް ހިމަނުއްވާފައިވެއެވެ.

ސީސީޓީވީ ކެމެރާތައް ހަރުކޮށްފައި ވާއިރު، ފަހަކަށް އައިސް ބްރިޖާއި ހައިވޭގައި ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް އަންނަނީ ހިނގަމުންނެވެ. އެގޮތުން ބާރަށް ދުއްވާ އުޅަނދުތައް ބަލައި، ހުއްޓުވުމަށް ފުލުހުން އަންނަނީ ސްޕީޑް ގަންގެ ވެސް ބޭނުން ކުރަމުންނެވެ.

ބާރަށް ދުއްވާ އުޅަނދުތައް ބެލުމަށް ސްޕީޑް ކެމެރާ ހަރު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެމަސައްކަތް އަންނަ އަހަރަށް ނިންމާލައި، ބޭނުން ކުރެވޭނެ ކަަމަށް ބުނެފައެވެ.