އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން 32 ކުންފުންޏެއް އުވާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނި ގޮތުގައި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު ގެ ދަށުން އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ 32 އަމިއްލަ ފަރުދުންގެ ވިޔަފާރި ބާތިލް ކޮށްފައިވާ ކަމަށެވެ.

ތިރީސް ދެ ކުންފުންޏެއް އުވާލިކަން އިކޮނޮމިކް މިނިސްޓްރީން އިއުލާނު ކުރިއިރު، އުވާލުމުގެ މަރުހަލާގައިވާ ގިނަ ކުންފުނިތަކެއްގެ ނަންތައް އެ މިނިސްޓްރީން މީގެ ކުރިން އިއުލާނުކޮށްފައިވެއެވެ.

މިފަހަރު އުވާލި އަމިއްލަ ފަރުދުންގެ 32 ކުންފުންޏަކީ 2015 ވަނަ އަހަރު އުފައްދާފައިވާ ކުންފުނިތަކެކެވެ.

އިކޮނޮމިކް މިނިސްޓްރީން މިހާތަނަށް ފަސް ބުރެއްގެ މަތިން ގިނަ އަދަދެއްގެ ކުންފުނި އުވާލަން އިއުލާނުކޮށްފައިވެއެވެ. މީގެ ތެރޭގައި ގިނައީ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުހިންގާތާ ގިނަ ދުވަސްވީ ކުންފުނި ތަކެއް ކަަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.