މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ 2015ވަނަ އަހަރާއި 2017ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ކޮރަޕްޝަނާ ގުޅުންހުރި ގިނަ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ އެމްޕީއެލްގެ އިމާރާތްތަކުގައި ބޭނުންކުރުމަށް އިމަޖެންސީ ޕްރޮކިއުމަންޓްގެ ގޮތުގައި 2017ވަނަ އަހަރު އެކިފަހަރު މަތިން ޖުމްލަ 1.08 މިލިއަން ރުފިޔާއަށް 18 އެއާކޮންޑިޝަން ގަނެފައިވަނީ އެންމެ ފަރާތަކުން އަގު ހޯދައިގެންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ އެމްޕީއެލްއިން ގަތް އެއާކޮންޑިޝަންތަކާ އެއްފަދަ އެއާކޮންޑިޝަންތައް ރާއްޖޭގެ މާކެޓްގައި ވިއްކަން ހުންނަ އަގުތަކާ އެމްޕީއެލްއިން އެއާކަންޑިޝަން ގަނެފައިވާ އަގުތަކާ އަޅާބަލާއިރު އެމްޕީއެލްއިން އެ ތަކެތި ގަނެފައިވަނީ 428،065 ރުފިޔާ އަގުބޮޑުކޮށް ކަމަށެވެ.

މީގެއިތުރުންވެސް މި ރިޕޯޓުގައި ބުނެފައިވަނީ އެމްޕީއެލްއަށް ލޭންޑިން ކްރާފްޓެއް ގަތުމަށް 2017 ވަނަ އަހަރު ސިންގަޕޫރުގެ ކުންފުންޏަކާއި އެމްޕީއެލްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރި ކަމަށެވެ. އެމްޕީއެލް އަށް 715،000 ޑޮލަރު ނުވަތަ އެގާރަ މިލިއަން ރުފިޔާ އަށް ވިއްކުމަށް އެއްބަސްވި 300 ޓަނުގެ ލޭންޑިން ކްރާފްޓްގެ ސްޕެސިފިކޭޝަންތަކާއި އެމްޕީއެލްއަށް ސަޕްލައިކޮށްދިން ލޭންޑިން ކްރާފްޓްގެ ސްޕެސިފިކޭޝަންތަކާއި ތަފާތުތަކެއް ހުރި ކަންވެސް ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން އެމްޕީއެލް ބޭނުމަށް ގެނައި ލޭންޑިން ކްރާފްޓާ އެކުންފުނިން ހަވާލުވެފައިވާ ނުވާ ކަމަށްވެސް ރިޕޯޓުގައިވެ އެވެ. އަދި އެ ލޭންޑިން ކްރާފްޓް ގަތުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 429،000 ޑޮލަރު ނުވަތަ 6.6 މިލިއަން ރުފިޔާ އެމްޕީއެލްއަށް އަނބުރާ ލިބިފައި ނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އެމްޕީއެލްގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެމްޕީއެލްއަށް ލޭންޑިން ކްރާފްޓެއް ގަތުމަށް 2017 ވަނަ އަހަރު ސިންގަޕޫރުގެ ކުންފުންޏަކާއި އެމްޕީއެލްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރި ކަމަށެވެ. އެމްޕީއެލް އަށް 715،000 ޑޮލަރު ނުވަތަ އެގާރަ މިލިއަން ރުފިޔާ އަށް ވިއްކުމަށް އެއްބަސްވި 300 ޓަނުގެ ލޭންޑިން ކްރާފްޓްގެ ސްޕެސިފިކޭޝަންތަކާއި އެމްޕީއެލްއަށް ސަޕްލައިކޮށްދިން ލޭންޑިން ކްރާފްޓްގެ ސްޕެސިފިކޭޝަންތަކާއި ތަފާތުތަކެއް ހުރި ކަންވެސް ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން އެމްޕީއެލް ބޭނުމަށް ގެނައި ލޭންޑިން ކްރާފްޓާ އެކުންފުނިން ހަވާލުވެފައިވާ ނުވާ ކަމަށްވެސް ރިޕޯޓުގައިވެ އެވެ. އަދި އެ ލޭންޑިން ކްރާފްޓް ގަތުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 429،000 ޑޮލަރު ނުވަތަ 6.6 މިލިއަން ރުފިޔާ އެމްޕީއެލްއަށް އަނބުރާ ލިބިފައި ނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި އަމިއްލަ ދެ ކުންފުންޏަކުން ކުއްޔަށް ނަގައިގެން ތިލަފުށީގައި ބޭނުން ކުރަމުންދިޔަ ދެ ބިމެއް އެއްބަސްވުމެއްގެ ދަށުން އެމްޕީއެލްއަށް ގަނެ އެ ދެ ބިމުގައި މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިގެން އެ މައްސަލަ ތަހުގީގު ކުރުމަށް ވަނީ ލަފާ ދީފައެވެ.

އެމްޕީއެލްއިން ވަނީ މި ދެ ކުންފުނީގެ ލީސް ރައިޓްސް 14.9 މިލިއަން ރުފިޔާއަށް ގަނެފައެވެ. މި ދެ ބިމަކީ އެމްޕީއެލްއިން ތިލަފުށީގައި ބޭނުން ކުރަމުން އަންނަ ބޯޓުޔާޑު ހިންގަމުންދާ ބިމާ އިންވެގެން އޮތް 20 ހާސް އަކަފޫޓުގެ ބިމަކާއި 12 ހާސް އަކަފޫޓުގެ ބިމެކެވެ. މި ދެ ބިން ގަތް ދެ ކުންފުނީގެ ތެރެއިން އެއް ކުންފުންޏަކީ ވިމްލާ ކޮންސްޓްރަކްޝަނާއި ސާ ޓްރޭޑިން ނަމަކަށް ކިޔާ ކުންފުންޏެކެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމަށްފަހު ލީސް ރައިޓްސް ގަތުމަށް ހަދާފައިވާ އެއްބަސްވުންތަކުގެ އަގުގެ 80 ޕަސެންޓު އެމްޕީއެލްއިން ވަނީ އެ ކުންފުނިތަކަށް ދީފައެވެ. އެގޮތުން ވިމްލާއަށް އެޑްވާންސްގެ ގޮތުގައި 5.84 މިލިއަން ރުފިޔާ ދީފައިވާއިރު ސާ ޓްރޭޑިންއަށް 6.08 މިލިއަން ރުފިޔާ ވަނީ ދީފައެވެ. އަދި އެ ކުންފުންޏަށް ބާކީ ދޭންޖެހޭ އެއް މިލިއަނަށްވުރެ ގިނަ ރުފިޔާވެސް ކުރިން ފައިސާ ދިންތާ އެއްމަސް ފަހުން ވަނީ ދީފައެވެ. ނަމަވެސް ވިމްލާއަށް ދޭންޖެހޭ ބާކީ ފައިސާ އެމްޕީއެލްގެ އޮޑިޓް ރިޕޯޓުގެ ތާރީހާއި ހަމައަށްވެސް ދީފައިނުވާކަން އޮޑިޓު ރިޕޯޓުން ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މި ދެ ކުންފުނިން ކުއްޔަށް ނަގާފައިވާ ދެ ބިން އެމްޕީއެލްއަށް ގަތުމަށްޓަކައި ދޭންޖެހޭ އެޑްވާންސް ފީގެ ގޮތުގައި ޖުމްލަ 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށެވެ. އެ ބިންތައް ގަނެފައިވަނީ 2016ވަނަ އަހަރު އެމްޕީއެލްއިން ބޭއްވި އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ 131 ވަނަ ބައްދަލުވުމުން ނިންމައިގެންނެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެ ބިން ގަތުމާއި ގުޅޭ ގޮތުން އޭރު އެމްޕީއެލްގެ ސީއީއޯއަކަށް ހުންނެވި ބޭފުޅާ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މައުލޫމާތު ދެއްވާފައިވަނީ އެ ދެ ބިމުގެ ލީސް ރައިޓްސް ގަތުމަށްފަހު އެމ ްޕީއެލްގެ އިންޖިނިއަރިން އަދި މެއިންޓެނަންސް މަސައްކަތް ކުރުމަށް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި ތިލަފުށީގައި 200 މީހުންގެ ވަޒީފާ އުފެއްދޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ. މީގެ އިތުރުން، އެމްޕީއެލްގެ ލޭބާ ކުއާޓާސް އެތަނަށް ބަދަލުކޮށް އިތުރު މުވައްޒަފުންނަށް އެތަނުގައި ތިބުމުގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށް އޭރު އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ހުންނެވި ބޭފުޅާ ކުންފުނީގެ ބޯޑު ޑިރެކްޓަރުންނަށް މައުލޫމާތު ދެއްވާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

މި ބައްދަލުވުމުގައި، އެ ބިންތައް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު އޭރުގެ ކުންފުނީގެ ސީއީއޯ ދީފައި ވީނަމަވެސް، އެ ޕްރޮޖެކްޓްގެ ފީސިބިލިޓީ ސްޓަޑީއެއް ހަދައި އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް ހަދާފައި ނުވެއެވެ،" ރިޕޯޓުގައިވެއެވެ.

އެމްޕީއެލްއިން ލީސް ރައިޓްސް ގަތް ދެ ބިމުގެ ތެރެއިން އެމްޕީއެލްގެ ބެލުމުގެ ދަށަށް އައިސްފައިވީ ނަމަވެސް އެ ބިންތައް ގަތުމަށް ބޭނުންވާ ސަބަބުތަކުގެ ގޮތުގައި ބޯޑަށް ހުށަހެޅި އެއްވެސް ކަމެއް ކޮށްފައިނުވުމުން އެ ބިންތައް ގަތުމަށް ފައިސާ ހަރަދުކުރި މަގުސަދު ހާސިލުވެފައިނުވާކަން ފާހަގަކުރެވެއެވެ. ކުންފުންޏަށް ލިބޭ ފައިސާ ހަރަދުކޮށްގެން ހޯދާ މުދަލާއި ތަކެތީގެ ބޭނުން ކުންފުންޏަށް މަންފާ ކުރާނެ ކަންކަމަށް ބޭނުންނުކުރާ ނަމަ މާލީ ގޮތުން ކުންފުންޏަށް ގެއްލުން މުދަލާއި ތަކެތި ގަތުމަށް ހަރަދުކުރި ފައިސާ އިސްރާފުވެގެންދާނެއެވެ." ރިޕޯޓުގައިވެއެވެ.

ރިޕޯޓުން އެނގެން އޮންނަ ގޮތުގައި ވިމްލާ ކޮންސްޓްރަކްޝަނުން ކުއްޔަށް ނަގާފައިވާ ބިން އެމްޕީއެލްއަށް ގަތުމަށްޓަކައި 5.84 މިލިއަން ރުފިޔާ އެޑްވާންސް ފައިސާގެ ގޮތުގައި ދިން ނަމަވެސް އެ ބިން އެމްޕީއެލްއާ ހަވާލުކޮށްފައި ނުވެއެވެ. ވިމްލާއާ އެކުގައި އެމްޕީއެލްއިން ހެދި އެއްބަސްވުމުގައި ސޮއިކުރެވޭ ދުވަހުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި ބިން ހުސްކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް އެ ބިން ހުސްކޮށްފައެއްނުވެއެވެ. އެހެންކަމުން އެމްޕީއެލްއިން ދިން އެޑްވާންސް ފައިސާ އަނބުރާ ދިނުމަށް ސިޓީއަކުން ވިމްލާ ކުންފުނީގައި އެދުނެވެ. ނަމަވެސް އެ ފައިސާއާ ބިންވެސް އެކުންފުންޏަށް ހަވާލުކޮށްފައެއްނުވެއެވެ.