ފިހާޅޮހި އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ޗައިނާގެ ފަތުރުވެރިއަކު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތުދޭ ގޮތުގައި، ފިހާޅޮހި އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ޗައިނާއަށް ނިސްބަތްވާ 62 އަހަރުގެ ފިރިހެން ފަތުރުވެރިއަކު މަރުވެފައިވާ ކަމަށެވެ. އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 10:34 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ލިލީ ބީޗް ރިސޯޓު ގައި މަސައްކަތް ކުރަމުން ދިޔަ އިންޑޮނޭޝިއާގެ މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިފައިވާއިރު، މާލޭ ގެއެއްގެ ޓެެރެސްމަތިންވެސްވަނީ ފިރިހެނަކު މަރުވެފަ އޮއްވާ ފެނިފައި ވެއެވެ. މިއީ މިހާތަނަށް ޖެހިޖެހިގެން މިއަދު މަރުވި ތިން ވަނަ މީހާ އެވެ.