މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް މިއަދު ފަށައިފި އެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައް ރާވައިފާއިވާއިރު އޭގެތެރެއިން މިއަދު ފަށާފައިވަނީ މަސްވެރިކަމުގެ މަސް ދަތުރެވެ. ދޮށީގެ މަސްވެރިކަން ކުރުމަށް ގިނަ އަދަދެއްގެ ޒުވާނުންވަނީ މި މަސްދަތުރުގައި ބައިވެރިވެފަ އެވެ.

މަސްވެރިންގެ ދުވަހާއި ގުޅިގެން ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށްވަނީ ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި މަސްވެރިންގެ އެކްސްޕޯއާ މަސްވެރިންގެ ފޯރަމާއި މަސްކެނޑުމުގެ މުބާރާތް އަދި މަސްވެރިންގެ ދުވަހުގެ ރަސްމީ ހަފްލާ ހިމެނެއެވެ. ޒުވާނުންގެ ދޮށީގެ މަސްވެރިކަމުގެ މަސް ދަތުރުގެ ހަރަކާތް އޮތީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ. މި ދަތުރަކީ ދިވެހި ޒުވާނުންގެ ހަޔާތުން ދުވަހެއް މަސްވެރިކަމަށް ހާއްސަ ކުރުމަށްޓަކައި ރާވާފައިވާ ދަތުރެކެވެ. ފިޝަރީޒް އެކްސްޕޯގެ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. މި އެކްސްޕޯ މެދުވެރިކޮށް މަސްވެރިކަމާއި ބެހޭ މައުލޫމާތު ބައިވެރިންނާއި ހިއްސާކުރާނެ އެވެ. އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުން އެފަރާތްތަކުގެ އުފެއްދުންތައް ދެއްކުމާއި ވިއްކުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ.

މަސްވެރިންގެ ފޯރަމް މެދުވެރިކޮށް މަސްވެރިކަމާއި ބެހޭ މައުލޫމާތު ހިއްސާކުރުމުގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީ ކުރުމަށް ކުރެވޭނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރެވޭނެ އެވެ. މަސްކެނޑުމުގެ މުބާރާތަކީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދެޖިންސަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކަތެކެވެ. މި އެކެސްޕޯއަށް ޒިޔާރަތްކުރައްވައިގެން ކޮންމެ ދުވަހަކު ވައިފައި ރައުޓަތރެއް ހިލޭ ހޯދުމުގެ ފުރުސަތުވަނީ ހުޅުވާލާފަ އެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަށް ކޮންމެ މަހަކު 50 ޖީބީ ގެ ޑޭޓާ ލިބިގެންދާނެ އެވެ.