ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި އެޓާނީ ޖެނެރަލް އޮފީހުން، ރައީސް އޮފީހަށް ފޮނުވައިފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ބޫނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހެއް ގެނައުމުގެ ބިލެއް އެކުލަވާލައި ރައީސް އޮފީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުން އެ ބިލު ހުށަހަޅަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގާނޫނު ތަންފީޒުކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށެވެ.

މިއަދު ފޮނުވި އިސްލާހުގައި އެ ގާނޫނުގައި އިތުރަށް ބަޔާންކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުމަށާއި އެ ގާނޫނުގައި ފުރިހަމަކުރުމަށް ހުރި މުހިންމު ކަންކަން ފުރިހަމަކުރުމަށްޓަކައި ކަންކަން ހިމަނާފައިވާ ކަމަށް އެޓާނީ ޖެރަލުން ބުނެއެވެ. ނަމަވެސް އިސްލާހު ގެންނަނީ ކޮން މާއްދާތަކަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.

މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަސްދީގު ކުރި ފަހުން އެ ގާނޫނަށް ގެންނަ ދެވަނަ އިސްލާހެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ޖިނާއީ ކުށެއް ތަހުގީގު ކުރުމާއި، އެފަދަ ކުށްތަކުގައި ދައުވާ ކުރުމާއި ޝަރީއަތް ހިންގުމާ ގުޅޭ ކަންތައްތައް ބަޔާންކުރާ ގާނޫނެވެ.