ހެންވޭރު ޕެޓްރޯލްޝެޑު ކައިރިން ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއްވެ އެކަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމަތުދޭ ގޮތުގައި، މި އެކްސިޑެންޓު ހިނގާފައި ވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރު 13:41 ހާއިރު ކަމަށެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މި އެކްސިޑެންޓު ހިގުމުން އެތަނުން އެއް ސައިކަލު ވަނީ ފިލާފައެވެ. އަދި އަނެއް ސައިކަލުގައި އިން މީހާއަށް އަނިޔާވެގެން އޭޑިކޭއަށް ގެންގޮސްފައި ވާކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކުން ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ނެވެ.