ބޮލީވުޑް ބަތޮލް އަބީޝޭކް ބައްޗަން ނެގެޓިވް ރޯލަކުން ފެނިގެންދާނެ ފިލްމް "ބޮބް ބިސްވާސް"ގެ ޕްރޮޑިއުސަރަކީ، ބޮލީވުޑްގެ ރަސްގެފާނުގެ ޓައިޓްލް ހިފައިގެން ހުރި ޝާހް ރުކް ހާން (އެސްއާރްކޭ) ކަން ހާން އާއިލާގެ 'ރެޑް ޗިލީޒް އެންޓަޓެއިންމަންޓް'އިން މިއަދު ރަސްމީކޮށް ހާމަކޮށްފިއެވެ.

"ބޮބް ބިސްވާސް"އަކީ، ފިލްމް "ކަހާނީ"ގެ ޕްރީކުއަލްއަކަށް ވާއިރު، މި ފިލްމު ޑައިރެކްޓްކުރާނީ ދިޔާ އަންނަޕޫރުނާ ގޯޝް ކަމަށްވެސް ރެޑް ޗިލީޒް އެންޓަޓެއިންމަންޓްއިންވަނީ ހާމަކޮށްފައެވެ. މިއީ ސުޖޯއީ ގޯޝްގެ ދަރިފުޅުގެ ފުރަތަމަ ޑައިރެކްޝަން ޑެބިއުއެވެ.

"ބޮބް ބިސްވާސް"އަކީ ފިލްމް "ކަހާނީ"އިން ފެންމަތިވި އާދަޔާފު ހިލާފު އެއް ކެރެކްޓަރު ކަމަށްވާއިރު، "ބޮބް ބިސްވާސް"ގައި އަބީޝޭކް އަދާކުރާނީ ލީޑު ރޯލެއް ކަމަށް ޚަބަރު ލިބެއެވެ.

ތްރިލާ ޑްރާމާ "ބޮބް ބިސްވާސް"ގައި އެސްއާރްކޭއާއިއެކުގައި މަސައްކަތް ކުރާކަން އަބީޝޭކްވެސް ވަނީ ހާމަކޮށްފައެވެ.

"ބޮބް ބިސްވާސް" ރިލީޒް ކުރާނީ އަންނަ އަހަރުގެ ތެރޭގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.