ސާޖިދް ނާދިޔާވާލާގެ "ހައުސްފުލް"އަކީ މިފަހުގެ ތާރީހުގައި ބޮލީވުޑްގެ ފިލްމީ އުދަރެސް ދުށް އެންމެ ކާމިޔާބު އެއް ފްރެންޗައިޒްއެވެ.

އެންމެ ފަހުން ސިނަމާތަކަށް އައި "ހައުސްފުލް" ފްރެންޗައިޒްގެ 4 ވަނަ އިންސްޓޯލްމަންޓްއަކީވެސް ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ.

ކަންމިހެން އޮތްއިރު އަކްޝޭ ކުމާރު ވަނީ "ހައުސްފުލް"ގެ މުޅި ޓީމާއެކު އޭނާ ނަގާފައިވާ ފޮޓޯއެއް ޓްވިޓާއަށް ދޫކޮށްލާފައެވެ. ސާޖިދް ނާދިޔާދްވާލާގެ އިތުރު "ހައުސްފުލް-4"ގެ ޑައިރެކްޓަރު ފަރުހަދް ސަމްޖީވެސް ހުރި ފޮޓޯގަނޑާއެކު އަކްޝޭ ވަނީ "ހައުސްފުލް-5" އަންނަނީ ތޯ ސުވާލުކޮށްފައެވެ.

އަކްޝޭގެ ސުވާލަށްދޭނެ ކަށަވަރު ޖަވާބެއް އަދި ނެތެވެ.

ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އަކްޝޭ ކުމާރު މިހާރު ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު މި ލިސްޓުގައި "ބައްޗަން ޕާންޑޭ"، "ގުޑް ނިއޫޒް" އަދި "ބެލް ބޮޓޮމް" ފަދަ ފިލްމުތައް ހިމެނެއެވެ.