މަހަށް ގޮސް އުޅެނިކޮށް މީހެއްގެ ލޮލަށް ހެރުނު ބުޅިއެއް ނަގައި، ރޭ އައިޖީއެމްއެޗުން އޮޕާރޭޝަނެއް ކާމިޔާބު ކޮށްފިއެވެ.

އައިޖީއެމްއެޗް ގެ ލޮލުގެ ހާއްސަ ޑޮކްޓަރު، ޑރ.އައްޒާމް މުހައްމަދު ވަނީ މިކަމާއި ގުޅޭގޮތުން ޓުވީޓެއް ކުރައްވާފައެވެ. މި އޮޕަރޭޝަން ކޮށްފައި ވަނީ ރޭ 11:16 ގައެވެ. އެ ޓްވީޓުގައި ވަނީ ރޭ އެމަޖެންސީ ކޮށް ލޮލުގެ އޮޕަރޭޝަނެއް ކޮށްފައި ވާ ކަމަށެވެ. އަދި ޑރ.އައަޒާމް ވަނީ ރޭ ކުރި އޮޕަރޭޝަނުގެ ފޮޓޯތަކަކާ އެކު މިފަދަ ހާދިސާތަށް ގިނަވަމުން ދާތީ ރައްކާތެރި ކަމުގެ ފިޔާވަޅު އެޅުމަށާއި އެފަދަ މަސައްކަތްތަށް ކުރުމުގައި ސަމާލުވުމަށް އިލްތިމާޒް ކުރައްވާފައެވެ.

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރަށް ވާއިރު މަހަށް ދިއުމަކީ މަޖަލަކަށް ނަމަވެސް ދިވެހިން ކޮށްއުޅޭ މަސައްކަތެކެވެ. ވީއިރު މިފަދަ ހާދިސާތަކަށް ސަމާލުވާން ޖެހެއެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހު އެކަނިވެސް ވަނީ މީގެ ދެ ހާދިސާއެއް ހިނގާފައެވެ.

އޮކަޓީބަރު މަހުގެ 12 ވަނަ ދުވަހު ވަނީ ހދ. ކުޅުދުއްފުށި އިރު ދެކުނުން 13 މޭލު ބޭރުގައި މަސްވެރިކަން ކުރަމުން ދިޔަ "ރޯދި 3" ނަމަކަށް ކިޔާ މަސް ދޯންޏެއްގެ ފަޅުވެރިއެއްގެ ލޮލުގައި ބުޅިއަކުން ޖެހުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން އެމީހާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހު އެމްއެންޑީއެފުން ވަނީ ޅ. ދިއްފުށިމާދޫގެ އިރުން 8 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅެނިކޮށް މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެހީތެރިކަން ފޯރުކޮށްދީފައެވެ. ހަމައެހެންމެ މިދިޔަ ޖޫން މަހުވެސް މަހަށް ގޮސް އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން ވަނީ މާލެ ގެންނެސްފައެވެ.