ޕީޕީއެމުން އިންތިޒާމް ކޮށްގެން އެ ޕާޓީގެ އޮފީސް ދޮތުމަތީގައި ބާއްވާ "ބަޑިފުރާސްފަތި" އިހުތިޖާޖު ހުއްޓުވަން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. މިރޭ 8.30 ގައި ފެށުނު އިހުތިޖާޖު "އޮލަ" ނުވަނީސް ފުލުހުން އެސަހަރައްދަށް ގޮސް ޕީޕީއެމްގެ އޮފީސް ދޮރުމަތި ސާފުކޮށްލަން ވަނީ މަސައްކަތް ކޮށްފައެވެ.

އޭގެ އިތުރުން ފުލުހުން ވަނީ އެއްވުމަށް ޕީޕީއެމް އޮފީހުން ތައްޔާރު ކޮށްފައިވާ ސައުނޑް ސިސްޓަމް ނިއްވާލުމަށް ޕީޕީއެމް އޮފީހަށް ވަމުނަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް، ޕީޕީއެން އޮފީގައި ތިއްބެވި އިސްވެރިން ވަނީ ކޯޓު އަމުރެއް ނެތި އޮފީހަށް ނުވަނދެވޭނެ ކަމަށް ބުނެ، ފުލުުހުން އޮފީހަށް ވަނަ ނުދީ ހިފަހައްޓާފައެވެ.

އެއްވުން ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރި އިރު ބައެއް ބައިވެރިންނަށް އަނިޔާވެ، 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ޑީއާރްޕީގެ ރަޖިސްޓްރާ އަބްދުﷲ ރިފާއު (ބޮޗޭ) ހިމެނެއެވެ.

ގިނަ އަދަދެއްގެ ފުލުހުން ޕީޕީއެމް އޮފީސް ސަރަހައްދުގައި ހަރަކާތްތެރިވާ އިރު، އެއްވެފައި ތިބި މީހުން އެކިއެކި ޝިއާރު ފާޅުކުރަމުން ދާ ކަން ފާހަގަ ކުރެވެއެވެ. އަދި މިހާރު އިހުތިޖާޖުގެ ބައިވެރިވް ޕީޕިއެމް އޮފީހާ ދިމާލުން އާޓިފިޝަލް ބީޗަށް ވަނީ ޖައްސާފައެވެ. އޭގެ އިތުރުން ފުލުހުން ވަނީ ޕީޕީއެމް އޮފީހުގެ ދޮރުމައްޗަށް އެއް ނުވެވޭނެހެން މަގު ހުރަހަށް ބަންދުކޮށްފައެވެ.

މިރޭ ކުރިއަށްދާ މުޒާހަރާގައި ޕީޕީއެމްގެ ސަޕޯޓަރުން

ޕީޕީއެމުން ބަޑިބުރާސްފަތީގެ ނަމުގައި އިހުތިޖާޖު ކުރަނީ، ނޮވެމްބަރު 3 ފާހަގަ ކުރުމުގެ ގޮތުން ކަމަށް ބުނެއެވެ. ނަމަވެސް ފުލުހުން ބުނީ، ހުއްދަ ނުނަގާ އެއްވުން މަނާ ތަންތަނަށް އެއްވާނަމަ އެ އެއްވުމެއް ރޫޅާލާނެ ކަމަށެވެ.

މިރޭ ޕީޕީއެމުން ބާއްވާ މި އިހުތިޖާޖުގައި ޑީއާރުޕީންވެސް ބައިވެރިވެއެވެ.