މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓާ ގުޅިގެން އެ ޖަމްއިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލްގެ ބަހުގެ ހަމަލާތައް ފުލުހުންނަށް އަމާޒުވެއްޖެއެވެ.
އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ އިލްމީ ދިރާސާއެއް ކޮށްފައެވެ. އަދި އެ ދިރާސާއިން، އިސްލާމް ދީނަށް ތައުހީން ކުރުމުގެ ގޮތުން ފާޑުކިޔައި، އިސްލާމްދީނާއި ރަސޫލާއަށް އެ ރިޕޯޓުގައި ފުރައްސާރަ ކޮށްފައި ވާކަމަށް ފެނިފައިވާތީ ފުލުހުން ވަނީ އެކަން ޖަމްއިއްޔާތަކާ ބެހޭ ވުޒާރާ، ޔޫތް މިނިސްޓްރީ އަށް އަންގާފައެވެ.
އެކަމާ ގުޅިގެން، ޝަހިންދާ ވަނީ ރިޕޯޓް ލިޔުނު މީހާގެ ނިޔަތް ދެނެގަތީ ކިހިނެތް ކަން ވެސް މިނިސްޓްރީއަށް އެންގިތޯ އަހާ ފުލުހުންނަށް ސުވާލު އަމާޒުކުރައްވާފައެވެ. އަދި އެކަމުގައި ބޭނުންކޮށްފައި ވަނީ "ޓެލެޕަތީ" ތޯ ސުވާލު އުފައްދަވަމުން ޝަހިންދާ ވަނީ، މީގެ ކުރިން އާންމުންނާއި މުހާތަބުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައްކަވާފައި ވާ ވާހަކަތައް ތަހުގީގު ކުރުމަށް ގޮވާލައްވާފައެވެ. ނަމަވެސް އޭނާ އިޝާރާތް ކުރައްވަނީ ޔާމީނު ދެއްކެވި ކޮން ވާހަކަފުޅަކަށް ކަމެއް ވިދާޅެއް ނުވެއެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފެންމަތިވުމުން، ރާއްޖޭގެ 127 ކައުސިލަކުން އެޖަމްއިއްޔާގެ ބަޔާން ކުށްވެރި ކޮށްފައިވެއެވެ. އަދި އާންމު ރައްޔިތުންގެ ގިނަ ބަޔަކު ދަނީ އެ ޖަމްއިއްޔާ އުވާލައި، ރިޕޯޓު ނެރުނު މީހުންނާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.
އެމްޑީއެންގެ ރިޕޯޓު ނެރުނު ފަހުން މަހެއް ވެގެން ދާއިރު ރިޕޯޓު ނެރުނު ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅިފައެއް ނުވެއެވެ. އަދި އެ ރިޕޯޓު ކުށްވެރިކުރުމުގެ ގޮތުން ސަރުކާރުން މިހާތަނަށް ބަޔާނެއްވެސް ނެރެފައެއް ނުވެއެވެ. ރިޕޯޓުގެ މައްސަލަ ފެންމަތިވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.
ބޯގަންވިލާތައް ހީވަނީ އުތުރި އަރާއިރު އެހެންކަމެއްހެން. ދިމާލަށް ފެންނަން އޮތް އެއްޗެއް ދިރާސާކުރާކަށް ވެސް ނުޖެހޭ. ޢަދި ކީރިރި ރަސޫލާ ޞައްލަﷲ ޢަލައިހި، ވަސައްލަމައަށާއި ﷲއަށާއި މުޢުޖިޒާތްތަކަށް ފުރައްސާރަ ކުރާނީ ﷲއާ ރަސޫލާދެކެ ލޯބިވާވަރުން އޮބިނޯވެގެންތަ މިހިރަ މުޑުދާރު ސަހިންދާ. ކޮން ނިޔަތެކޭ އިބިލީސް ތި ކިޔަނީ.