ހދ. ހަނިމާދޫ މެޓް އޮފީހުގެ ޗޭންޖިން ރޫމުގައި ކެމެރާ ހަރުކޮށްގެން އޮރިޔާން ކާޑު ހަދަން މަސައްކަތް ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ހުސްވި އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ކަމަށެވެ.

މައްސަލަ ހުށަހެޅިފައި ވަނީ، ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވީ ހުކުރު ދުވަހުގެ ރޭ ސްޕައި ކެމެރާ ހަރުކޮށްގެން މެޓް އޮފީހުގެ މުވައްޒަފުންގެ އޮރިޔާން ކާޑު އުފައްދަން މަސައްކަތް ކޮށްގެންނެވެ.

ހަނިމާދޫގައި ހުންނަ މޫސުމާ ބެހޭ އޮފީސް (މެޓް އޮފީސް) ގެ ޗޭންޖިން ރޫމުގައި ކެމެރާ ހަރުކުރީ ކޮން ބައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި މީހަކު ހައްޔަރު ކުރި ކަމެއްވެސް ނުބުނެއެވެ.

ހަނިމާދޫގައި ހުންނަ މެޓް އޮފީހަކީ 1990 ވަނަ އަހަރުން ފެށިގެން ހިންގަމުން ގެންދާ އޮފީހެކެވެ.