ސިވިލް ސާވިސްގެ މުވައްޒަފުން ރަސްމީ ވަގުތު ތަކުގައާއި ރަސްމީ ވަގުތުތަކުގެ ބޭރުންވެސް ފިތުނަ ފަސާދަ އުފެދޭ ގޮތަށް ނޫޅެން ސީއެސް އިން އަންގައިފިއެވެ.
ގައުމީ ދުވަހާ ގުޅިގެން ސިވިސް ސާވިސް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ދިވެހި ސިވިލް ސާވިސްގެ މުވައްޒަފެއްގެ ގޮތުގައި ހުރެ ރަސްމީ ގަޑީގައި އޮފީހުގެ ތެރޭގައި މަސައްކަތާ ނުގުޅޭ ކަންކަމުގައި މަސްއޫލު ނުވުމަށާއި ރަސްމީ ގަޑީގެ ބޭރުންވެސް ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށާއި ބައިބައިވުމާއި ދެބަސްވުންތައް ނުވަތަ ފިތުނަ ފސާދަ އުފެދޭ ގޮތަށް ފުރުސަތު ނުދިނުމަށާއި ކޮންބޮޑުވުމާއި ނުތަނަވަސްކަން ފަހިވާ ގޮތަށް ޖާގަ ނުދިނުމަށް އެންމެހާ ސިވިސްލ ސާވިސްގެ މުވައްޒަފުންނަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި ހިޔާލުތަފާތުވުމާއި ބަހުސް އުފެދޭ ކަންކަމުގައިވެސް ރުޅި އިސްނުކޮށް ކެތްތެރިވުމަށާއި ހެޔޮ ވިސްނުމުގެ ބޭނުން ހިފައި، ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ފިތުނަ ފަސާދައަށް ޖާގަ ނުދެވޭނެ ގޮތެއްގެ މަތިން ބަސްމަގާއި އަމަލުތައް ބެހެއްޓުމަށްވެސް އެ ކޮމިޝަނުން ބުނެއެވެ. ހަމއެއާއެކު މީހަކު ބުނީތީ ކަމުގެ ދެކޮޅު ނުބަލާ ކަންކަމުގެ ޝިއާރު ފާޅުކޮށް ހަރުކަށި އަމަލުތައް ހިނގުމަށް ހިތްވަރުދީ ހެދުމަކީ ސިވިލް ސާވަންޓުންގެ ސުލޫކީ މިންގަނޑާ ހިލާފުވާ ކަމެއް ކަމުގައިވެސް އެ ކަމުޝަނުން ބުނެއެވެ.
މީގެ އިތުރުން ދުވަހުން ދުވަހަށް އެ މުވައްޒަފެއް އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރަންވާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ސިވިލްސާވިސް އިން ބުނީ ގައުމީ ދުވަހަކީ ގައުމުގެ ކަންކަމާމެދު ވިސްނާ އަދި ތިމާއަށް ގައުމަށްޓަކައި ކޮށްދެވިދާނެ ކަންކަމާމެދު ނަޒަރު ހިންގައި ގައުމީ ލޯތްބާއި ގައުމިއްޔަތު ދިރުވައި އާލާކުރުމަށް ފާހަގަ ކުރެވޭނެ އެންމެ މުހިއްމު ދުވަސްކަމަށް ވުމުން ގައުމުގައި ދެމެމުންދާ އޮއެވަރާއި މަސްލަހަތަށް ލޮޅުން އަރާފަދަ ކަންތައްތަކާމެދު ސިވިލް ސާވިސްގެ މުވައްޒަފުން ވިސްނުމަކީ މުނާސަބަތު ކަމެއް ކަމަށެވެ.
މާދަމާއަކީ ރާއްޖޭގެ ގައުމީ ދުވަހަށް ވީއިރު އެންމެހާ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކަށް ގައުމީ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުން އެކޮމިޝަނުން ވަނީ އަރިސްކޮށްފައެވެ.
ފިތުނަ އުދައްދަނީ ސިވިލްސާރވިސް މުވައްޒަފުންނެއް ނޫން. ސަރުކާރު ހިންގުމަށް ހަވާލުވެފަ ތިބި ވެރިން އެމީހުން ކޮށްފަވާ ހުވަޔާ ޤާނޫނު އަސާސީއާ ޚިލާފަށް، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާ ޤާނޫނާ ޚިލާފަށް ޤައުމު ފިތުނަ ކުރުމަށް އިސްލާމްދީނާ ދެކޮޅަށް މަސައަކަތް ކުރާ ހަރުކަށި ލާދީނީ އެމްޑީއޭ ކިޔާ ޖަމުޢިއްޔާ އާއި އެޖަމުއިއްޔާގެ ހައްދުފަހަނައަޅާ ފައިވާ ބަޔަކު ހިމާޔަތް ކުރާ މީހުން. އެމްޑީއޭއަށް ފިޔަވަޅު ނޭޅޭ ކަމަށް ވަންޏާ ރައީސް މިވަޤުތު އިސްތިޢުފާ ދީ. މަ ދިން ވޯޓް އަބުރާ ގެނެސްފިން. ދިވެހިޤައުމާއި ރައްޔަތުންނަކީ ސަރުކާރުގެ މިލްކެއް ނޫން.