މަރުގެ އިންޒާރުދިން ކަމުގެ ތުހުމަތުގައި ރޭ ފުވައްމުލަކުން ހައްޔަރު ކުރި ޒުވާނާގެ ބަންދަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން 5 ދުވަސް ދީފިއެވެ.

ސޯޝަލް މީޑިއާގައި މީހުންނަށް މަރުގެ އިންޒާރުދީ، މުޖުތަމައުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަނިޔާވެރި ކަމަށް ހިތްވަރު ދެމުންދާ މައްސަލައާ ގުޅިގެން ރޭ ފުވައްމުލަކުން ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ އަލީ ރަވާއު ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ޓްވިޓާގައި މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލަށް މަރުގެ އިންޒާރު ދިން ކަމަށް ބުނެއެވެ.

ރަވާއުގެ ބަންދަށް 15 ދުވަސް ޖަހާ ދިނުމަށް ފުލުހުން އެދިފައިވީ ނަމަވެސް، ގާޒީ އޭނާގެ ބަންދަށް ޖަހާދީފައިވަނީ 5 ދުވަހެވެ. އެގޮތުން، ރަވާއު ހައްޔަރުކޮސްފައިވަނީ އޭނާ ކުރި ޓްވީޓެއްގެ ސަބަބުން ކަމަށް ބުނެފައިވާއިރު، އޭނާގެ ޓްވިޓާ އެކައުންޓްވެސް މިހާރު ވަނީ ޑިލީޓް ކޮށްފައެވެ.

https://www.facebook.com/muiz.ahmed.9275/videos/144388633509852/?__tn__=%2CdlCH-R-R&eid=ARBbJ9l0Z7PQ03r-FjVaUlbUkhl4BWXqoS6pFzpYGYtDE3kbmyL3bHHhabhgSUcPHRgNrf99PItjuicc&hc_ref=ARQSdv45EHcfV1lGEwL2XFIoV3JpjsMBkojqGAuU8N6FNUSszlM9X2TpuXnbg12n9Ck

ރަވާއު ހައްޔަރު ކުރުމާއި ގުޅިގެން، ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެކަމާއި މެދު ނުރުހުން ފާޅުކޮށް، އޭނާ ދޫކޮށްލުމަށް ގޮވާލަމުންނެވެ.