ބޮލީވުޑްގެ ލޯބީގެ ޖޯޑުތަކުގެ ލިސްޓަށް ބަލާއިރު އެންމެ ހޫނުކަންމަތީ އަދިވެސް އުޅެނީ ރަންބިރު ކަޕޫރާ އާލިއާ ބަޓްކަމަށް ބޮލީވުޑްގެ ފޭނުން ބުނަމުންދާއިރު، ކައިވެނީގެ ވާހަކަތަކަށް އާލިއާ އަނެއްކާވެސް އިންކާރުކޮށްފިއެވެ.

ރަންބީރާ އާލިއާ ކައިވެނި ހަފުލާގެ ދައުވަތު ކާޑެއް ސޯޝަލް މީޑިއާގައި ވައިރަލް ވަމުންދާ މިދަނޑިވަޅުގައި، ޗުއްޓީއެއް ނިންމާލުމަށްފަހު އެނބުރި ގައުމަށް އައި އާލިއާގެ އާއިލާއިން ވަނީ ރަންބީރާ އާލިއާގެ ކައިވެނީގެ ވާހަކަތައް ދޮގުކޮށްފައެވެ. މީގެ ތެރޭގައި އާލިއާގެ މަންމަވެސް ހިމެނެއެވެ.

ބޮލީވުޑް ފޭނުންގެ ޕްލެޓްފޯމުތަކުގައި ކުރަމުންދާ ބަހުސްތަކަށް ބަލާއިރު އާލިއާއާއި ރަންބީރުގެ ކައިވެނި އޮތީ 2020 ވަނަ އަހަރުއެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އެއްޗެއް ބުނުމަށް ޚުދު އާލިއާވެސް ވަނީ އިންކާރުކޮށްފައެވެ.