ކެންސާ ސޮސައިޓީގެ ފަރާތުން ކުރިއަށް ގެންދާ ހިނގާލުމަކާ ގުޅިގެން އަންނަ ހޮނިހިރު ދުވަހު ހުޅުމާލޭގެ ބައެއް މަގުތަށް ބަންދުކުރަން ނިންމައިފިއެވެ.

ފުލުހުން ބުނީ، މިމަހުގެ 26 ވާ ހޮނިހިރު ދުވަހު ހުޅުމާލޭގެ ބައެއް މަގުތަށް ބަނދުކުރަން ނިންމާފައި ވަނީ އެ ސޮސައިޓީ ގެ ފަރާތުން ކުރިއަށް ގެންދާ ހިނގާލުމަކާ ގުޅިގެން ކަމަށާއި މި ހިނގާލުން ކުރިއަށް ދާނީ އެ ދުވަހުގެ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް ކަމަށެވެ.

މި ހިނގާލުމާއި ގުޅިގެން ހުޅުމާލޭގެ މަގުތަށް ބަންދު ކުރުމަށް ހަމަޖެހިފައި ވާ ގޮތް:

ހުޅުމާލޭގެ މަގުތައް އަންނަ ހޮނިހިރު ދުވަހު ބަންދު ކުރުމަށް ހަމަޖެހިފައިވަނީ ކެންސާ ސޮސައިޓީއާއި ބޭންކް އޮފް މޯލްޑީވްސް ގުޅިގެން ބާއްވާ "ޕިންކް ރިބަން ރަން ވޯކް" މި ހިންގާލުން ކުރިއަށް ގެންދިއުމަށެވެ. މި ހިނގާލުމަކީ އުރަމަތީގެ ކެންސަރަށް ހޭލުންތެރި ކުރުމުގެ މަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހިންގާލުމެކެވެ.

އަންނަ ހޮނިހިރު ދުވަހު ހޫޅުމާލޭގައި މިހިނގާލުން ކުރިއަށް ދާއިރު އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ވެސް މި ހިނގާލުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.