އީރާން ބޯޓުން މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހުން ހާމަކޮށްފިއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 70 ކިލޯގެ މަސްތުވާތަކެއްޗާއެކު ދަތުރު ކުރި ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައިވާ އިރު މި މައްސަލައިގައި ހިމެނޭ އެންމެންގެ މައުލޫމާތު ހާމަކޮށްފިއެވެ.
ފުލުހުން ބުނީ، މިމަހުގެ ހަތް ވަނަ ދުވަހު އިރާނުން މަސްތުވާ ތަކެތި ހިފައިގެން ރާއްޖެ އެތެރެ ކުރަން އުޅުނު "އަލް ޝަބާން" ނަމަކަށް ކިޔާ ބޯޓުން 70 ކިލޯގަ މަސްތުވާ ތަކެއްޗާއި އެކު އަތުލައިގެންފައި ވާއިރު، މި ކަމުގައި އިސްކޮށް ހަރަކާތް ތެރި ވެފައިވަނީ ސ.ހިތަދޫ/ކޯޒީކޯނާ އަލީ އަންވަރު މުހައްމަދު ކަމަށެވެ. އޭނާގެ އިރުރުން މި މައްސަލައިގައި އިިތުރު 13 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ރާއްޖެ ހަތަރު މީހަކާއި އެ ބޯޓުގައި ތިބި ހަ މީހުންގެ އިތުރުން ބިދޭސީ ދެ މީހެކެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނަކީ:
- އަލީ އަންވަރު މުހައްމަދު (35އ) / ކޯޒީކޯނާ، ސ. ހިތަދޫ
-
އަހްމަދު ޝަކީބް (42އ) / މާތިލަ، ކ. ދިއްފުށި
3. މުހައްމަދު ރިޝްފާން (23އ) / ތުނޑި، މިލާނޯ، ލ، ގަން
ހެދޭކުރި ދޯނިން ހައްޔަރު ކުރި މީހުން:
4. އާދަމް މިސްބާހް (39އ) / އިރުމަތީގެ، ކ. ދިއްފުށި
5. މުހައްމަދު އިނާޝް (22އ) / ތުނޑި، އިޓްޖެހިގެ، ލ. ގަން
6. އަލީ އަހްމަދު (24އ) / ބަންގްލަދޭޝް
7. ތުހުން (36އ) / ބަންގްލަދޭޝް
އީރާންގެ "އަލްޝަބާން" ބޯޓުން ހައްޔަރުކުރި މީހުން:
8. ފަކީރު (50އ) / އިރާން
9. އީސާ ސުލައިމާން (26އ) / އިރާން
10.އިސްމާއިލް އިބްރާހިމް (50އ) / އިރާން
11. ނަވީދު (30އ) / އިރާން
12. ސާޖިދު (50އ) / އިރާން
13. އަލީ ރާޖާ (19އ) / އިރާން
މައްސަލައިގައި ހައްޔަރު ކުރި އަލީ އަންވަރު މުހައްމަދަކީ ވައްކަމުގެ މައްސަލައެއްގެ ކުށުގެ ރެކޯޑު އޮތް މީހެކެވެ. އަދި މުހައްމަދު އިނާޝް އަކީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮތް މީހެއް ނަމަވެސް އިތުރު މީހެއްގެ ކުށުގެ ރެކޯޑެއް ނެތް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، ބޭރުގެ ބޯޓު ހިފަހައްޓާ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހއ.ތުރާކުނުގެ ހުޅަނގުއުތުރުން ގާތްގަނޑަކަށް 172 މޭލު (27.5 ނޯޓިކަލް މޭލު) ބޭރުންނެވެ. މި ބޯޓަކީ، އީރާނުގެ ދިދަ ނަގައިގެން ދުއްވަމުން ދިޔަ ބޯޓެކެވެ.