އެމްއެމްޕީއާރުސީ ހިޔާނާތުގައި ފުލުހުންގެ ބައެއް އޮފިސަރުން ބައިވެރިވާ ކަމުގެ ތުހުމަތު ކުރެވި މިހާރު މައްސަލަ ބަލަން ފަށައިފިއެވެ.
މިމައްސަލަ ބަލަމުން އަންނަކަން ފުލުހުން ކަށަވަރުކޮށްދީފައިވީ ނަމަވެސް މިވަގުތު ތަހުގީގު ކުރިއަށްދާތީ ބަލަމުންދަނީ ކިތައް ފުލުހުންގެ މައްސަލަ ކަމެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ތަހުގީގު ކުރެވެމުންދާ ފުލުހުންގެ ތެރޭގައި އެގްޒެކެޓިވް ލެވެލްގެ ފުލުހުންނާއި ނޮން-ކޮމިޝަންޑް އަދި ކޮމިޝަންޑް އޮފިސަރުން ވެސް ހިމެނޭ ކަމަށް މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނީ މިމައްސަލައިގެ ތަހުގީގާ ގުޅިގެން އިތުރު ތަފްސީލް ވަރަށް އަވަހަށް މީޑިޔާއާ ހިއްސާ ކުރާނެ ކަމަށެވެ.
އިއްޔެގެ ވަގުތެއްގައި ފުލުހުން ވަނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މާލީ ފައިދާތަކެއް ހޯދި ފުލުހަކު ހައްޔަރުކޮށްފައިވާ ކަން އިއުލާން ކޮށްފައެވެ.
ފުލުހުންގެ އޮފިސަރުންތަކެއް އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވާ ކަމަށް ބުނެފައިވާއިރު އިއްޔެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވީ މިހާރުގެ މަޖިލިސް މެންބަރުންނާއި މި ސަރުކާރުގެ ބައެއް މިނިސްޓަރުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ޢެންމެ ފުރަތަމަވެސްް ހައްޔަރު ކުރަންވީ މުލުވަގު