ބޮލީވުޑްގެ ހަގީގީ ދުނިޔޭގެ ލޯބީގެ ވާހަކަތަކަށް ޝައުގުވެރިވާ އެތައް ބަޔަކު އާޝޯހް ކުރިވި މަންޒަރުތަކެއް ގެނެސްދިނުމަށްފަހު ސާރާ އަލީ ހާންއާއި ކާރްތިކްގެ އާރްޔަންގެ ގުޅުމުގައި ސިއްކަޖެހިކަމުގެ ހިތްދަތިކަމުން އަދިވެސް އޭނާއަށް އަރައިގަނެވިފައި ނުވާކަމަށް ކާރްތިކްގެ ފޮލޯވާޒް ބުނަން ފަށައިފިއެވެ.

ކާރްތިކްގެ ހިތް ހަލާކުވެ، ހިނިތުންވާންވެސް ނޭނގިފައި ހުރި ކަމަށް އޭނާ ފޮލޯވާޒް ބުނަން ފަށާފައި މިވަނީ، މައި ސިޓީ ތެރޭގައި އާރްޔަން ހަރަކާތްތެރިވަނިކޮށް ނަގާފައިވާ ފޮޓޯތަކެއްގައި އޭނާގެ މޫނުމަތިން ފެންނަމުންދިޔަ މާޔޫސްކަމަށް އިޝާރާތް ކުރަމުންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަށް ބަލާއިރު ހުދު ކުލައިގެ ހުޑީއެއް ލައިގެން ހުރި ކާރްތިކް އާރްޔަން ވަނީ ފޮޓޯ ކެމެރާތަކަށް ހީނލުމަށްވެސް އިންކާރުކޮށްފައެވެ.

ބިޒީ ޝެޑިއުލެއްގައި މަސައްކަތްކުރަމުންދިޔަ ނަމަވެސް އެކަކު އަނެކަކަށް ވަގުތު ދީގެން ގުޅުން ކުރިއަށް ގެންދިއުމަށް އާރްޔަންއާއި ސާރާ މަސައްކަތްކުރި ނަމަވެސް، އެ ގުޅުމުގައި އިތުރު ކުރިއެއް ފަޅާ ގޮތް ނުވެ، އެ ގުޅުންވަނީ ކަނޑާލާފައެވެ. ނަމަވެސް ދެމީހުން އެކުވެރިންގެ ގޮތުގައި ތިބުމަށް ނިންމާފައިވާކަމަށް އެކަމުގެ މައުލޫމާތު އެނގޭ މަސްދަރަކުން ވަނީ ހާމަކޮށްފައެވެ.

ކާރްތިކް އާރްޔަންއާއި ސާރާ އެންމެ އަވަހަށް އެކުގައި ދެން ފެންނާނީ ފިލްމް "އާޖް ކަލް"އިންނެވެ.