ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ރ. އަތޮޅުން މ. އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ބުނީ، މިއަދު ހެނދުނު 10:45 އިން މެނދުރު ފަސް 2:00 އާ ހަމައަށް ރ. އަތޮޅުން މ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައި ވާކަމަށެވެ. އެ ސަރަހައްދަށް އެ ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އެގޮތުން މާލެއަށް 11:00 ޖެހީއްސުރެއް ގަޑިއިރަކަށް ވުރެ ގިނަ އިރު ވަންދެން ވަނީ ފުދޭވެރަކަށް ބޯކޮށް ވާރޭ ވެހިފައެވެ. މިހާރުވެސް ދަނީ ތުނިކޮށް ވާރޭ ވެހެމުންނެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނެފައި ވަނީ، މިއަދު ހެނދުނު 10:00 އިން ފެށިގެން މާދަމާ ހެނދުނު 10:00 އާ ދެމެދު 24 ގަޑިއިރު މޫސުން ލަފާ ކުރާގޮތަށް ބަލާއިރު، އުތުރާއި މެދުތެރޭގެ އެކިހިސާބަށް ވިިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށްް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ.
އިރުދެކުނާއި ދެކުނުން ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދެއެވެ.
އުތުރާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފަ ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް އިދާރާއިން ބުނެއެވެ.