ދިރާގު މާލޭ އޯޕަން އިން ވަނަވަނައަށް ދިޔަ ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން، ދިރާގުގެ ސްޕޮންސާޝިޕުގެ ދަށުން މިދިޔަ ހުކުރު ދުވަހު ބޭއްވި ފުރަތަމަ ދިރާގު މާލޭ އޯޕަން ފެތުމުގެ މުބާރާތުގެ ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް ސެޓުފިކެޓު ހަވާލު ކޮށްފިއެވެ. ރޭގެ މި ހަފްލާގައި ހަތް ކެޓަގަރީ އަކާއި މުޅި މުބާރާތުގެ ވަނަ ވަނައަށް ހޮވުނު ފަރާތްތަކަށް ޖުމުލަ 54 ސެޓްފިކެޓް ވަނީ ދީފައެވެ.
އެގޮތުން މި މުބާރާތުގައި ބައިވެރިވި 12 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ބައިން އެއްވަނަ ހޯދީ، ޔާސީން މުހައްމަދު ޔޫސުފެވެ. ދެވަނަ އިޒްޔާން ނާޒިމް ހޯދާފައި ވާއިރު ތިން ވަނައަށް ދިޔައީ އިސްމާއިލް ޝާރިހް ޝާފިއުއެވެ. މި ކެޓަގަރީގެ އަންހެން ބައިން އެއްވަނަ އަޔާނާ އަރީފް ހޯދި އިރު ދެވަނަ ހޯދީ މެރަލް އައިން ލަތީފެވެ. ތިންވަނަ ހޯދީ މަރިޔަމް ޒިވާ ޒިއަމެވެ.
14 އަހަރުން ކެޓަގަރީގެ ފިރިހެން ބައިން އެއްވަނަ ހޯދީ މުހައްމަދު ރިހާން ޝިހާމެވެ. ދެވަނަ އިބްރާހިމް ނަފީލް ހޯދާފައި ވާއިރު ތިންވަނަ ލިބުނީ އަހުމަދު ނީކް ނިޔާޒަށެވެ. މި ކެޓަގަރީގެ އަންހެން ބައިން އައިޝް އަލިން އަފްސަލް އެއްވަނަ ހޯދާފައި ވާއިރު ދެވަނައަށް ދިޔައީ ޖުމައިރާ އައިމިނަތު އާމިރުވެ. ތިންވަނައަށް ދިޔައީ ޒައިނަބް އަބްދުﷲ ޝަފީގެވެ.
19 އަހަރުން ދަށުގެ ކެޓަގަރީގެ ފިރިހެން ބައިން އެއްވަނަ ހޯދީ މުހައްމަދު އާން ހުސައިނެވެ. މި ބައިގެ ދެވަނަ މުހައްމަދު ޖޫދު ފަޔާޒް ހޯދާފައި ވާއިރު ތިންވަނަ ހޯދީ ޔޫސުފް ނުހައިކް ނަސީމެވެ. މި ކެޓަގަރީގެ އަންހެން ބައިން އެއްވަނަ ހޯދީ ހަމްނާ އަހްމަދު އެވެ. އެބައިގެ ދެވަނަ އައިޝަތް ސަހާ ނަޝީދު ހޯދާފައި ވާއިރު އައިމިނަތު އިރަމް ސަލީމް ވަނީ ތިންވަނަ ހޯދައިފައެވެ.
30 އަހަރުން ދަށުގެ ކެޓަގަރީގެ ފިރިހެން ބައިން އެއްވަނަ ހުސައިން މުބާހު ހޯދި އިރު ދެވަނަ ލިބުނީ މުހައްމަދު އާމިރަށެވެ. އަދި އެބައިގެ ތިންވަނަ ލިބުނީ މިންވާލް އިބްރާހިމަށެވެ. އެ ކެޓަގަރީގެ އަންހެން ބައިން އެއްވަނަ ހޯދީ އައިމިނަތް އަޒްކާ އާދިލެވެ. އަދި ދެވަނަ ހޯދީ އައިމިނަތު ހައިފާ އައްބާސެވެ.
40 އަހަރުން ދަށުގެ ކެޓަގަރީން އެއްވަނަ ހޯދީ ސްވިމިންގް އެސޯސިއޭޝަނުގެ ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސައިން ޝަމީމެވެ. އޭނާ އެ ބައިގެ އެއްވަނަ ހޯދި އިރު ދެވަނަ ހޯދީ މުހައްމަދު ޖައުފަރެވެ. ތިން ވަނަ ހޯދީ މުހައްމަދު އާތިފެވެ. 40 އަހަރުން ދަށުގެ އަންހެން ބައިން އެއްވަނަ ހޯދީ އައިޝަތު ސައުސަން އެވެ. ދެވަނަ އައިޝަތު ރީހާމް ފާރިސް ހޯދާފައި ވާއިރު ތިންވަނަ ހޯދީ ޖީހާން އަހްމަދެވެ.
50 އަހަރުން ދަށުގެ ކެޓަގަރީގެ ފިރިހެން ބައިން އެއްވަނަ ހޯދީ އާދަމް އަރީފެވެ. އެބައިގެ ދެވަނަ އަހްމަދު ރަމީޒް ހޯދާފައި ވާއިރު ތިންވަނަ ލިބުނީ ހުސައިން ރިޔާޒަށެވެ. މި ކެޓަގަރީގެ އަންހެން ބައިން އެއްވަނަ ހޯދީ ލަރިސާ އޮފެނީއެވެ. އެ ބައިގެ ދެވަނަ ޝިނޯ ޔޮޝިކާވާ ހޯދާފައި ވާއިރު ތިންވަނަ ހޯދީ ޝާނާޒް ޑޯލެވެ.
މުބާރާތުގެ އެންމެ ދޮށީ އުމުރު ފުރާއެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ 50 އަހަރުން މަތީގެ އުމުރުފުރާއެވެ. އެ ކެޓަގަރީގެ ފިރިހެން ބައިން އެއްވަނަ ހޯދީ އަންވަރު ހުސައިނެވެ. ދެވަނައަށް އަބްދުލް ޝުކޫރު ހޯދި އިރު ތިންވަނަ ހޯދާފައި ވަނީ ޝުޖާއު ސަލީމެވެ. މި ކެޓަގަރީގެ އަންހެން ބައިން އެއްވަނަ ހޯދާފައި ވަނީ މޭ އަން ސިއޮކް ލެންގެވެ. ދެވަނަ ހޯދީ ޝީޒާ އިމާދެވެ.
ކެޓަގަރީތަކަށް ފަހު މުޅި މުބާރާތުގެ ވަނަތަށް ވަނީ ހޮވާފައެވެ. އެގޮތުން މިފަހަރުގެ މުބާރާތުގެ 500 މީޓަރުގެ ފިރިހެން ފެތުންތެރިންގެ ތެރެއިން އެއްވަނަ ހޯދީ އަހްމަދު ޝާވީ ރާފިއުއެވެ. ދެވަނަ އިސްމާއިލް ފަރުހާން ހޯދި އިރު ތިންވަނަ ހޯދާފައި ވަނީ އަހުމަދު އަހްލަމެވެ. އަދި 500 މީޓަރުގެ ފެތުމުގެ އަންހެން ބައިން އެއްވަނަ ހޯދީ އަޒްލީނާ ރަޝީދެވެ. ދެވަނަ ޝިމްލާ އިބްރާހިމް ހޯދާފައި ވާއިރު ތިން ވަނައަށް ދިޔައީ އައިމިނަތު އިބްރާހިމެވެ.
މުބާރާތުގެ އެއްކިލޯ މީޓަރު ފެތުމުގެ ބައިން އެއްވަނަ ހޯދީ މުހައްމަދު އާން ހުސައިނެވެ. އޭނަގެ ޓައިމިން އަކީ 15:06 މިނެޓެވެ. އެ ބައިގެ ދެވަނަ މުހައްމަދު ރީހާން ޝިހާމް ހޯދާފައި ވާއިރު ތިންވަނައަށް ދިޔައީ ހުސައިން މުބާހެވެ. އެއް ކިލޯ މީޓަރުގެ އަންހެން ބައިން އެއްވަނަ ހޯދީ އުންމީދީ ފެތުންތެރިޔާ ހަމްނާ އަހްމަދެވެ. އޭނަގެ ޓައިމިންގް އަކީ 16:29 މިނެޓެވެ. އެބައިގެ ދެވަނަ ލަރީސާ އޮފެނީ ހޯދި އިރު ތިންވަނައަށް ދިޔައީ އައިޝަތު ސައުސަނެވެ.
ރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ހަފްލާގައި އެކި އެކި އުމުރުފުރާތަކުން ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް ސެޓުފިކެޓު ހަވާލު ކޮށްދީފައި ވަނީ މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ.
ސްވިމިންގް އެސޯސިއޭޝަނާއި ދިރާގާއި ދެމެދު ވެފައި ވަނީ ތިން އަހަރުގެ އެއްބަސްވުމެއް ވެފައިވާއިރު ދިރާގާއި ސްވިމިންގް އެސޯސިއޭޝަނާއި ގުޅިގެން އަންނަ އަހަރު ވެސް މި މުބާރާތް ބޮޑެތި އިންތިޒާމްތަކަކާ އެކު ބާއްވަން ނިންމާފައިވާ ކަން ސްވިމިންގް އެސޯސިއޭޝަނުން ވަނީ އިއުލާން ކޮށްފަ އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އަންނަ އަހަރު މި މުބާރާތް އޮންނާނެ ތާރީހު ވެސް އިއުލާން ކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
ސްވިމް މޯލްޑިވްސް އަކީ ފެތުމާއި މޫދު ކުޅިވަރު ކުރިއަރުވައި ތަރައްޤީކޮށް ކުރިއެރެވުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. މި މުބާރާތް ބާއްވާ މައިގަނޑު މަގުސަދަކީ، ވީހާވެސް ގިނަ ބަޔަކަށް ވާދަވެރި ރައްކާތެރި އުފާވެރި މާހައުލެއްގައި ފެތުމާއި މޫދު ހަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް މުބާރާތް އިންތިޒާމް ކުރާ ސްވިމް މޯލްޑިވްސް އިން މައުލޫމާތުދެއެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރު ކަމަށްވާ ދިރާގުން ބުނީ މި މުބާރާތް ބޭއްވުމަށް އެކުންފުނިން އެއްބާރުލް ދިނުމުގެ މަގްސަދަކީ ރާއްޖެއަކީ ވަށައިގެން މޫދު އަދި ކަނޑު އެކުލެވޭ ޖަޒީރާ ގައުމެއްކަމުގައި ވުމުން، ފެތުމާއި މޫދު ކުޅިވަރަށް ވީހާވެސް ގިނަ ދިވެހިން އަހުލުވެރިކޮށް މި ފަދަ ކުޅިވަރުތައް ރާއްޖޭގައި ކުރިއަރުވުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކޭތީ ކަމަށެވެ. އަދި ހަމަ އެއާއެކު ފެތުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ދިވެއްސަކައްވެސް ފަސޭހަކަމާއެކު ދަސްކޮށް ކުރެވޭނެ ކަމެއް ކަމަށްވެސް ދިރާގުން ބުނެއެވެ.