ބިދޭސީންތަކެއް ހީނާމާގެ ޕާކިން ސަރަހައްދަށް އެއްވެ ހަޅުތާލެއް ފަށައިފިއެވެ. އެސަރަހައްދުގައި ހަރަކާތްތެރިވި 'ދަ ޕްރެސް' ގެ ނޫސްވެރިން ބުނީ އެތަނަށް އެއްވެ ހަޅުތާލު ކުރަމުން ދަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް ކަމަށެވެ.
އެތަނަށް އެއްވި މީހުންގެ ޑިމާންޑަކީ ބިދޭސީން ރަޖިސްޓްރީ ކުރަން ހިންގާ ޕްރޮގްރާމު އަވަސް ކޮށް ދިނުމެވެ. އެތަނަށް އެއްވެ ތިބި މީހުންގެ ތެރެއިން ބައެއް މީހުން 'ދަ ޕްރެސް' އަށް ބުނީ، އޭގެ ތެރެއިން ބައެއް މީހުން އައިސްފައިވަނީ ރިސޯޓުތަކުން ކަމަށާއި އަދި ބައެއް މީހުން ރާއްޖެ ތެރޭގެ ރަށްރަށުންވެސް އައިސްފައި ތިބި ކަމަށެވެ.
"ރިސޯޓުގަ އުޅޭ މީހުންވެސް އެބަ ތިބި، ރާއްޖެތެރޭގައި އުޅޭ މީހުންވެސް، އަދި ނޭނގެ ސަރުކާރު ހަދާ ގޮތެއް، ކޮންމެ ކޮންމެ ދުވަހަކު މިގޮތަށް ނާދެވޭނެނުން" 'ދަ ޕްރެސް' އާ ވާހަކަ ދެއްކި ބަންގްލާދޭޝް މީހަކު ބުންޏެވެ.
އޭނާ އިތުރަށް ބުނީ، މިރޭ އެއްވި މީހުންގެ ތެރޭގައި ތިބީ ގަލޮޅު ދަނޑުގައި ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުން ޓޯކަނެއް އަދި ނުލިބޭ މީހުންނެވެ. އަދި އެމީހުން މިރޭ ހީނާމާގެ ޕާކިން އަށް އެއްވީ މާދަމާ އެ ޕްރޮގްރާމު ކުރިއަށް ގެންދާނެ ކަމަށް ބަލައިގެންނެވެ. އެމީހުން ބުނި ގޮތުން، ޕްރޮގްރާމު ކުރިއަށް ގެންދާނެ ދުވަހެއްގެ ސައްހަ މައުލޫމާތެއް އެމީހުންނަށް ލިބިފައެއް ނުވެއެވެ.
މިރޭ އެތަނަށް އެއްވި މީހުން ފުލުހުން ގޮސް މިހާރު ފޮނުވާލާފައި ވީނަމަވެސް އަދިވެސް ބައެއް މީހުން އެ ޕާކިން އާއި އިންވެގެން ހުންނަ މިސްކިތުގެ ގޯތިތެރޭގައާއި އެސަރަހައްދުގައި އެބަ ތިއްބެވެ.
ދެން ތިބައިގަނޑު ނިކުންނާނީ ވެރިކަން ހޯދަން. މިހާރުވެސް މިހީހުން ދިވެހިންނަށްވުރެ ގަދަ.
ރައްޔިތުން ނިކުމެ މިމީހުން ބޭރުކުރަން މާލަަސްވެއްޖެ. ބިދޭސީންނަށް މުޒާހަރާކޮށް ހަޅެއްލެވޭތަ އަދި ގަވާއިދާ ޚިލާފަށް ތެޅޭމީހުން. ކޮބާ އަލަށް އައި ބޭފުޅާ ކޮންޓްރޯލަރު