މާލޭގެ ވެސްޓް ޕާކު ސަރަހައްދުގައި ބަހައްޓާފައި ހުރި ގާޑިޔާތައް ނަގަން ސިޓީ ކައުންސިލުން އަންގައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، ގާޑިޔާތަކަކީ ގިނަ އަދަދެއްގެ ރައްޔިތުން ކެއުންބުއިމުގެ ހިދުމަތް ހޯދާ ތަންތަން ކަމަށް ވެފައި، މިއަހަރު އޯގަސްޓުމަހު ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ކުރިއަށް ގެންދިޔަ ސާވޭއަކުން، އެ ގާޑިޔާތަކަކީ ސާފުތާހިރުކަން ކުޑަ ތަންތަން ކަމަށް ފާހަގަ ކޮށްފައިވާތީ އެކަމަށް ރިއާޔަތްކޮށް ގާޑިޔާތައް ނަގަން ނޯޓިސް ދީފައި ވާކަމަށެވެ.

މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ނެރެފައިވާ ނޯޓިސްގައި ބުނެފައިވަނީ، މާދަމާގެ ނިޔަލަށް ގަޑިޔާތައް ނަގައި ސަރަހައްދު ސާފުކުރުމަށާއި މި މުއްދަތުގެ ތެރޭގައި ގާޑިޔާތައް ނުނަގައިފިނަމަ އެ ކައުންސިލުން ގާޑިޔާތައް ނަގައި ކުނީގެ ގޮތުގައި އެތަކެތި ނައްތާލާނެ ކަމުގައެވެ.