ކ. އަތޮޅުން ލ. އަތޮޅާ ދެމެދަށް މެޓް އޮފީހުން ވައިޓް އެލާޓެއް ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާ މެތް އޮފީހުން ބުނީ، މިއަދު ހަވީރު 4:30 އިން ރޭގަނޑު 8:30 އާ ހަމައަށް ވައިޓް އެލާތް ނެރެފައި ވަނީ ކ. އަތޮޅުން ލ. އަތޮޅާ ދެމެދަށް ކަމަށެވެ. އެ ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ.
މީގެ އިތުރުން ދެކުނާއި އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފައި ވެއެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ، މިއަދު ހެންދު 10 އިން ފެށީގެން ކުރިއަށް އޮތް 24 ގަޑި އިރު ތެރޭގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށެވެ. އެގޮތުން ދެކުނާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އެހެން ހިސާބު ތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެ އިދާރާއިން ބުނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާ ކޮށްފައި ވެއެެވެ.