މާލޭގެ 9 މަގެއްގައި އެއްގަމު އުޅަނދު ދުއްވާ އުސޫލު ބަދަލުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، 9 މަގެއްގައި ދުއްވަން ޖެހޭ ގޮތަށް ބަދަލުތަކެއް ގެނައީ ވަރަށް ގިނަ އާންމު ރައްޔިތުންގެ އެދުމުގެ މަތިން، ސިޓީ ކައުންސިލުގެ ތިން ވަނަ ދައުރުގެ 74 ވަނަ ޖަލްސާއިން ކަމަށެވެ. މި އުސޫލަށް އަމަލު ކުރަން ފަށާފައިވާއިރު، އެ ކައުންސިލުން ވަނީ މިކަން އާންމުކޮށް އަންގާ އިއުލާނު ކޮށްފައެވެ.

އެއްގަމު އުޅަނދު ދުއްވާ އުސޫލަށް ބަދަލު ގެނައި މަގުތައް:

  • އަލިކިލެގެފަނު މަގު ދެކުނުން އުތުރަށް ބުޑުރަސްގެފާނުމަގާ ހަމައަށް - އެއްކޮޅަށް
  • ފާށަނާކިލެގެމަގު އުތުރުން ދެކުނަށް - އެއްކޮޅަށް
  • ހުސްނުހީނާމަގު އުތުރުން ދެކުނަށް - އެއްކޮޅަށް
  • ހިތަށްފިނިވާމަގު ނޫރާނީގޯޅިއާއި ހުސްނުހީނާމަގާ ދެމެދު - ދެކޮޅަށް
  • ދަރުމަވަންތަމަގު ހުޅަނގުން އިރަށް - އެއްކޮޅަށް
  • ޝަހީދުކުޑައާދަމްގެ ކުޑަތުއްތު ހިނގުން، ވިލީ މަގާއި ދަރުމަވަންތަމަގާއި ދެމެދު - ދެކޮޅަށް
  • ހިލާލީމަގު، ބުރުޒުމަގާއި އަމީނީމަގާ ދެމެދު - ދެކޮޅަށް
  • ބޮކަރުމާގޯޅި ހުޅަނގުން އިރަށް - އެއްކޮޅަށް
  • އުޖާލާ ހިނގުން ބޮޑުތަކުރުފާނު މަގުން އިރަށް ހިލާލީމަގާ ހަމައަށް - އެއްކޮޅަށް

މާލެ ސިޓީ ކައުންސިލުން އާންމު ކޮށްފައި މިވާ އުސޫލަށް އަމަލު ކުރަން ފަށާފައިވަނީ އިއްޔެ އިން ފެށިގެންނެވެ.