'ބީއެމްއެލް ފެތުންތެރިން' ޕްރޮގްރާމްގައި ބައިވެރިވާ ކޯޗުންނަށް ހާއްސަ ތަމްރީންތަކެއް ދޭން ފަށައިފިއެވެ.

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އިން މި އަހަރު ބާއްވާ ބީއެމްއެލް ފެތުންތެރިން ޕްރޮގްރާމްގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަތަން ދަސްކޮށްދިނުމަށް ނިންމާފައި ވާއިރު، އެ ޕްރޮގްރާމްގައި ބައިވެރިވާ ކޯޗުން ދަނީ އެކަމަށް ހާއްސަ ތަމްރީންތަކެއް ވަމުން ކަމަށް ބީއެމްއެލުން ބުނެފިއެވެ.

މިއަދު އެ ބޭނުކުން ކުރި ޓްވީޓެއްގައި ވަނީ ކޯޗުންގެ ހާއްސަ ތަމްރީން ކްލާސްތައް ކުރިއަށް ދާ މަންޒަރު ހިމެނޭ ފޮޓޯތަކެއް ވަނީ އާންމުކޮށްފައެވެ.

ބީއެމްއެލުން ބުނީ، މި ޕްރޮގްރާމްގައި ބައިވެރިވާ ކޯޗުންނަށް ހާއްސަ ސެޝަންތަކެއް ދޭ މައިގަނޑު ސަބަބަކީ އެ ކޯޗުންނަށް މި ޕްރޮގްރާމްގައި ބައިވެރިވާ ވަކިވަކި ފަރާތްތަކުގެ ބޭނުންތައް ދެނެގަތުމަށް ފަސޭހަ ކޮށްދިނުމަށް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ބައިވެރިންނަށް ފެތުމުގެ ހުނަރު ފުރިހަމަ ގޮތުގައި ދަސްކޮށްދިނުމަށް ތިބޭ ކޯޗުންނަށް އެންމެ ރަނގަޅު ގޮތްތަށް ދެނެގަތުމަށް މަގުފަހިކުރެވޭނީ މިފަދަ ސެޝަންތަކެއް ބާއްވައިގެން ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.

މީގެ އިތުރުން ބީއެމްއެލުން ބުނީ، ފެތުމަކީ ދިރިއުޅުމުގައި ވަރަށް ހާއްސަ ހުނަރެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ބައިވެރިންތައް އެކުއެކީގައި ބައިވެރިވެގެން ކުރިއަށް ދެވޭނެ ރަނގަޅު މާހައުލެއް ފޯރުކޮށްދޭނެ ކަމަށާއި މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ކަމަށް ބީއެމްއެލުން ބުނެއެވެ.

ވަނީ މި ޕްރޮގްރާމުގައި ބައިވެރިވި ކޯޗުންނަށް އެފަރާތތަކލުން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެެވެ.