ހ. ތިލަފުށި ގޭގައި ހުރި ގުދަނާއި، ޖެހިގެން ހުރި ބައެއް ގެތަކުގައި ރޯވި ހާދިސާއަކީ ރާވައިގެން ދިން ޓެރަރިސްޓް ހަމަލާއެއް ކަމަށް ސަރުކާރަށް ނިސްބަތްވާ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ހިނގައިދިޔަ އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން، އެ ހާދިސާގެ ތަހުގީގާއި ގުޅޭގޮތުން ކަމާބެހޭ އިދާރާއަކުން އެއްވެސް އެއްޗެއް ހާމަކޮށްފައި ނުވަނީސް، މުއިއްޒު އަމިއްލަ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގައި ހިނގަައިދިޔަ އަލިފާނުގެ ހާދިސާއަކީ ރޭވިގެން ދެވިފަައިވާ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.

ފުލުން ބުނީ މި މައްސަލައިގައި އަދި އެއްވެސް އެއްޗެއް ހާމަކުރަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން އެމެއެންޑީއެފުން އެއްޗެއް ބުނެފައި ނުވެއެވެ.

https://www.facebook.com/Muixxu/posts/10156700516007901

ފުލުހުން ބުނީ ފުލުހުންގެ އާސަން އިންވެސްޓިގޭޝަން ޓީމާއި ފޮރެންސިކްސް ޓީމްތައް މިހާރުވެސް އަލިފާން ރޯރި ސައިޓްގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ މިވަގުތު މައުލޫމާތު ހިއްސާ ކުރަން ދަތިކަމަށާއި، ނަމަވެސް މައުލޫމާތު ހާމަކުރެވެން އޮތް މިންވަރަކަށް އިތުރު މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.