ރޭގެ އަލިފާނުގެ ހާދިސާގައި ރޯވި އިމާރާތެއްގައި މިރޭ އަލިފާނުގެ އަސަރު ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެެރިވެއްޖެއެވެ.

ޕޮލިހުން ބުނީ ރޭގެ އަލިފާން ރޯވި އިމާރާތްތަކުގެ ތެރެއިން އިމާރާތެއްގެ މަތީގައި އަނެއްކާ ވެސް އަލިފާން ހިފައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި އެތަނަށް ދެ ފަޔާ ލޮރޯ ގޮސް އިމަޖެންސީ ހާލަތަކަށް އެ ސަރަހައްދު ގެނެސް މަގުވެސް ބަންދު ކުރިއެވެ.

ފުލުހުން ބުނީ އެމްއެންޑީއެފުން ރޯވެފައިވާ އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އިމާރާތުގައި އަލިފާން ރޯވި ނަމަވެސް، އެހެން އިމާރާތަކަށް އަލިފާން ފެތުރިފައިނުވާ ކަމަށެވެ. އަދި އެ އިމާރާތް ކައިރީގައި ފަޔަރުން ހަރަކާތްތެރިވަމުންދާ ކަމަށާއި، އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގި ތަނުގައި ފަޔަރުންނާއި ވެހިކަލްތައް 24 ގަޑިއިރު ބަލަހައްޓަމުންދާ ކަމަށެވެ.