އައްޑު އަތޮޅު ހުޅުމީދޫގައި ދުވަސްވީ އަންހެނަކަށް ވަޅިން ހަަމަލާދީ އެމީހާ އަތުން ފޭރިގެންފިއެވެ.

ފުލުހުން ބުނީ، މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 9:30 ހާއިރުކަމަށެވެ. އުމުރުން ދުވަސްވީ މީހަކަށް ވަޅިން ބިރުދައްކާ ވަޅިން ހަމަލާ ދިނުމަށްފަހު އެމީހާ އަތުން ފޭރިގެންފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަނިޔާ ލިބިފައިވަނީ އުމުރުން 69 އަހަރުގެ އަންހެނަކަށް ކަމަށް ފުލުހުން ބުނެއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި އެ އަންހެންމީހާގެ އަތުން ފޭރިގެންފައިވަނީ ފައިސާތަކަކާއި ފޯނެކެކެވެ. މިހާރު އެ އަންހެން މީހާއަށް ދަނީ ހުޅޫމީދޫ ހޮސްޕިޓަލުން ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެއެވެ. އެ އަނަހެންމީހާގެ އަތުގެ ތިން ތަނަކަށް ވަޅިން ހަމަލާ ދިާﷲއިވާ ކަމަށާއި އަދި މޫނުމަތީގައި ޖެހުމުގެ ސަބަބަުން މމޫނަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.