އެމެރިކާގެ ވޮޝިންގްޓަން ޑީސީގެ މަގުމަތީގައި ބަޑީގެ ހަމަލާތަކެއްދީ އެކަކު މަރާލައިފިއެވެ.

ވައިޓްހައުސްއާއި މާ ދުރުނޫން ހިސާބެއްގައި ދިން މި ހަމަލާތަކުގައި އާންމުންގެ ބަޔަކު ޒަހަމްވެފައިވާކަމަށް ޚަބަރު ލިބެއެވެ. ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދާ، ވައިޓްސްހައުސްއާއި ދެމެދު ހުންނާނީ އެންމެ 3 ވަރަކަށް ކިލޯމީޓަރު ކަމަށް މައުލޫމާތު ލިބެއެވެ.

ބަޑީގެ ހަމަލާ ޖުމުލަ 6 މީހަކަށް އަމާޒުވިއިރު 1 ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. މަރުވެފައިވަނީ ފިރިހެނެއް ކަމަށްވެސް މިހާރު ލިބެމުންދާ ޚަބަރުތައް ބުނެއެވެ.

ޒަހަމްވީ މީހުންނަށް ފަރުވާ ދެމުންދަނީ ކޮލަމްބިއާ ހައިޓްސްގެ ހޮސްޕިޓަލެއްގައެވެ. މިއީ ކިހިނެއްވެގެން، ކާކު ނުވަތަ ކޮން ބަޔަކު ހިންގި އަމަލެއް ކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.