އިސްރާއީލުގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި މިހާރުވެސް ހުރި ބެންޖަމީން ނަތަންޔާހޫގެ ދަށުން އިސްރާއީލުގައި އާ ސަރުކާރެއް އެކުލަވާލުމާ ދެކޮޅު ކަމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް ވިދާޅުވެއްޖެއެބެ.

އޮސްލޯއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިސްރާއީލުގެ އާ ސަރުކާރުގެ ތަސައްވުރަކީ ކޮބައިތޯ މިޑީއާއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އައްބާސް ވިދާޅުވީ، ފަލަސްޠީނުން އަބަދުވެސް ނަތަންޔާހޫއާއި ދެކޮޅުވާނެކަމަށެވެ.

އިސްރާއީލުގެ އާންމު އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ނަތަންޔާހޫއަށް މަޖިލީހުގެ އަޣުލަބިއްޔަތު ކަށަވަރުކުރެވިފައެއް ނުވެއެވެ. މީގެ އިތުރުން، އެންމެ ގޮނޑިއެއްގެ ތަފާތުން ކުރީގައި އޮތީ ނަތަންޔާހޫގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ ބެނީ ގަންޓްޒްކަން ފާހަގަކުރަންޖެހެއެވެ. ނަމަވެސް ގަންޓްޒްއަށްވެސް މަޖިލިސް މެޖޯރިޓީ ކަށަވަރރއް ނުވެއެވެ.