އިސްލާމްދީނަށް ފުރައަސާރަކޮށް ޓްވީޓްކުރަމުންދިޔަ މީހަކަށް އިންޒާރުދިން މީހެއްގެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އިސްލާމްދީނަށް ފުރައްސާރަކޮށްގެން އިއްޔެ ގދ. ތިނަދޫ އިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހާއަށް އިންޒާރު ދިން މީހެއްގެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ދީނަށް ފުރައްސާރަކުރަމުންދިޔަ މީހާ ބަންދުގެ މުއްދަތާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން، ކޯޓުން 15 ދުވަސް ބަންދުގައި ބަހައްޓަން މުއްދަތު ދީފައިވާ ކަމަށެވެ.

ރުސްތުމް ނަމަކަށް ކިޔާ ޓްވިޓާ އެކައުންޓުން ވަނީ "ހަވަރު ތިނަދޫގެ މަގުމަތީގައި ޒުވާނުން އެއްކޮށްގެން ލާދީނީ ވާހަކަ އަހަރެން ދެއްކި އެންމެ ފުރަތަމަ ދުވަހެވެ. ގޭގައި މަޑުން ހުރެގެން އެއްޗެއް ލިޔުނީމާ އެގޮތް މުއްލާތަކަށް ކަމުނުދިޔައެވެ. ވީމާ މިހާރު ވާހަކަ ދައްކަންވެސް ފެށީއެވެ. އަދި ލާދީނީ ބޮޑެތި ޖަލްސާވެސް ބާއްވާނަމެވެ،" ކަމަށް ބުނެ ޓްވީޓްތައް ކޮށްފައެވެ.

ފުލުހުން ބުނީ މި ދެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށެވެ.