ސައިންސްގެ ރޮނގުން އެންމެ އުހަށް އަރާ އަންހެނުންގެ އަދަދު ހިތާމަކުރަންޖެހޭ މިންވަރަށް މަދުކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގާ 500 އަށްވުރެ ގިނަ ސައިންސް އިދާރާތަކުން އެއްކުރި މައުލޫމާތުގެ އަލީގައި އެކުލަވާލެވުނު ތަފާސް ހިސާބުތަކަށް ބަލާއިރު، ސައިންސްގެ ރޮނގުން ތައުލީމު ހާސިލުކުރާ ކުދިންގެ ދެބައިކުޅަ އެއްބައި ދަރިވަރުންނަނަކީ އަންހެން ދަރިވަރުންނެވެ. ނަމަވެސް، ސައިންސްގެ ޕްރޮފެސަރުންގެ ގޮތުގައި ތިބި ސައިންސްވެރިންނަށް ބަލާއިރު އަންހެނުންގެ ނިސްބަތަކީ ކޮންމެ 4 މީހަކުން 1 އެވެ.

ދިރާސާ ބުނާ ގޮތުގައި، ސައިންސްގެ ރޮނގުން އެންމެ އިސް މަގާމުތަކާ އެންމެ ކުރިން އަންހެނުން ފެންނަމުން ނުދަނީ ނުފޫޒުގަދަ މަގާމުތަކަށް އަންހެނުން ޕްރޮމޯޓްކުރުމުގައި ހުރި މައްސަލަތަކެއްގެ ސަބަބުންނެވެ. އެގޮތުން ކޮމިޓީތަކުގައި ހިދުމަތްކޮށް، ސައިންޓިފިކް ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ އަންހެން ސައިންސްވެރިންގެ އަދަދު މަދުކަން ދިރާސާއިން ވަނީ ފާހަގަކޮށްފައެވެ.

މިކަން މިހެން މެދުވެރިވުމުގެ އިތުރު ސަބަބުތަކުގެ ތެރޭގައި ޖިންސުގެ ތަފާތުކުރުންތައް ގެންގުޅުމާ، އާންމު ދިރިއުޅުމާ މަސައްކަތުގެ ދިރިއުޅުމުގެ ހަމަހަމަ ކުރުމުގެ ތަކުލީފުތަކާ، ނެޓްވާކްފުޅާ ކުރާނެ ފުރުސަތު ހަނިވުން ފަދަ މައްސަލަތައް ހިމެނޭކަންވެސް ސެލް ސްޓެމް ސެލް ޖާނަލްގައި އާންމުކޮށްފައިވާ ދިރާސާއިން ވަނީ ފާހަގަވެފައެވެ.

ކަންމިހެން އޮތް ނަމަވެސް، މާޒީއަށް ބަލާއިރު އަންހެނުންނަކީ ސައިންސްގެ ރޮނގުން އާދަޔާ ހިލާފު ގިނަ ހިދުމަތްތަކެއް ކޮށްފައިބާ ބައެކެވެ.