ދިރާގުން ފައިބާ ބްރޯޑްބޭންޑް އަދި އޭޑީއެސްއެލް ކަސްޓަމަރުންނަށް އާ ޕެކޭޖެއް ތައާރަފް ކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި ދެ މަސްދުވަހުގެ މުއްދަތައް މަތީ ސްޕީޑު އަދި ގިނަ އެލަވެންސް ހިމެނޭ ޕެކޭޖެއް ހިމެނޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށާފައިވާ ކަމަށެވެ. އެ ކުންފުނިން ބުނ އެ ޕްރޮމީޝަން ކުރިއަށް ދާނީ މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ޕްރޮމޯޝަނުގައި ދިރާގު ފައިބާ ބްރޯޑްބޭންޑް އަދި އޭޑީއެސްއެލް ކަސްޓަމަރުން މިހާރު ގެންގުޅުއްވާ ޕެކޭޖްގެ އަގުގައި އެ ޕެކޭޖައްވުރެ މަތީގެ ޕެކޭޖެއް ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާއިރު އެ ކަސްޓަމަރުންނަށް ގިނަ އެލަވަންސް އަދި މަތީ ޕެކޭޖްގެ ސްޕީޑް ތަޖުރިބާ ކޮށްލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ކުރިން ބޭނުންކުރި ޕެކޭޖަށް ބަދަލު ކުރަން ބޭނުން ނަމަ އަނބުރާ އެ ޕެކޭޖަށް ބަދަލު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށެވެ. ދެ މަސް ދުވަސް ހަމަވުމުން ޕެކޭޖް ބަދަލު ނުކުރުމުގެ އިހުތިޔާރުވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރި ވުމަށް ދިރާގު ވެބްސައިޓްގެ މައިއެކައުންޓުން ޕެކޭޖް ބަދަލުކުރުމަށް އެޕްލައި ކުރެއްވޭނެ ކަމަށާއި ވެބްސައިޓްގެ އިތުރުން އީމެއިލް، ނުވަތަ 123 އަށް ގުޅައިގެން ނުވަތަ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުންނަ ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތަކަށް ޒިޔާރަތް ކޮށްގެންވެސް ޕެކޭޖްބަދަލު ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތަކުގެ ތަޖުރިބާ ރަނގަޅުކޮށް ހިދުމަތްތައް ބޭނުން ކުރުމުގައި ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ ދިރާގުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ. އެގޮތުން އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.