ދިރާގާއި ސެމްސަންގު ގުޅިގެން ގެލެކްސީ ނޯޓް 10 އަދި 10+ ރާއްޖޭގައި ރަސްމީކޮށް ތައާރަފު ކޮށް ޕްރީ އޯޑާ ކުރުމަށް ހުޅުވާލައިފިއެވެ.
ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ޕްލޭގްޝިޕް ފޯނު، ގެލެކްސީ ނޯޓް 10 އަދި 10+ ރާއްޖޭގައި ރަސްމީކޮށް ރޭ ތައާރަފުކޮށް ޕްރީ އޯޑަރަށް ހުޅުވާލީ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ހަފުލާއެއްގައިއެވެ. ސެމްސަންގް ނޯޓް ސީރީޒް އަކީ ސެމްސަންގް ފޯނުތަކުގެ ތެރެއިން އެންމެ ފުރިހަމަ އަދި "ޕަވާ ޔޫސާސް" މެދުގަ އެންމެ މަގުބޫލު ފޯނު ސީރީޒްއެވެ.
ދިރާގުން ގެލެކްސީ ނޯޓް 10 ގެ ފޯނުތައް ތަފާތު ދެ ކުލައެއްގައި މިފަހަރުގެ ޕްރީއޯޑާ ކުރުމަށް ލިބިގެން ދާނެއެވެ. އެއީ އޯރާ ގްލޯ އަދި އޯރާ ބެލްކެވެ.
ނޯޓް ފޯނާއި ސެމްސަންގެ އެހެނިހެން ފޯނުތަކާއި ތަފާތުކޮށްދެނީ ފޯނުގައި އެކުލެވޭ 'އެސް ޕެން' ފީޗާތަކެވެ. މިފަހަރު ސެމްސަންގުން ތައާރަފްކުރި އެސް ޕެންގައި 'އެއާ ޖެސްޗާ' ނުވަތަ ރިމޯޓް ކޮންޓްރޯލް ކުރެވޭ ފީޗާއެއް ބޭނުންކޮށްފައިވެއެވެ. މި ފީޗާ ބޭނުންކޮށްގެން ފޯނުގެ ސްކްރީންގައި އަތްނުލައި ފޯނުގެ ތަފާތު ފަންކްޝަންތައް ބޭނުން ކޮށްލެވޭނެއެވެ.
ނޯޓް 10+ ގައި 4300 މިލިއޭމްޕްއަވާ ބެޓްރީއިން މުޅިދުވަހުގެ ޗާޖު ހިފަހައްޓާއިރު 30 މިނެޓުގެ ރެތޭގައި 70 ޕަސެންޓަށް ޗާޖްކޮށްލެވޭ ފާރސްޓް ޗާޖިންގ ފީޗާ އެކުލެވިގެންވެއެވެ. ދެން އެންމެ ފާހަގަކޮށްލެވެނީ ނޯޓް 10+ ގެ ފަސް ކެމެރާއެވެ. އެއީ އެއ ފްރަންޓް ކެމެރާ އާއި ހަތަރު ބެކް ކެމެރާއެވެ. މީގެ އިތުރުން ޑިސްޕްލޭއަށް ބަލާލާއިރު ނޯޓް 10ގެ ފޯނުތަކުގައިވެސް ވަނީ ސެމްސަންގްގެ ހިތްގައިމު އިންފިނިޓީ އޯ ޑިސްޕްލޭއެވެ. އަދި މިނޫންވެސް ތަފާތު އިނޮވެޓިވް ފީޗާސް މިފަހަރުގެ ނޯޓް 10 ފޯނުތަކުގައި ފެނިގެންދާނެއެވެ.
ބާޒާރަށް ނިކުންނަ އެންމެ ފަހުގެ ފްލޭގްޝިޕް ފޯނުތައް، އެންމެ ފުޅާދާއިރާއެއްގައި ރާއްޖެއަށް ތައާރަފްކުރާ، އެންމެ ލުއި ފަސޭހަ އިންސްޓޯލްމެންޓް ޕްލޭންތައް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކުންފުންޏަކީ ދިރާގެވެ. އެހެން ކަމުން މިފަހަރުވެސް ދިރާގު މެދުވެރިކޮށް ނޯޓް 10 އަދި 10+ ނަންގަވާ ކަސްޓަމަރުންނަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހެއްގައި ފަސް ޖީބީގެ ހިލޭ ޑޭޓާ ލިބިގެންދާނެއެވެ.
ދިރާގަކީ ރާއްޖޭގައި ސެމްސަންގްގެ އޮތޮރައިޒްޑް ޑިސްޓިރިބިއުޓާ އެވެ. ދިރާގުން 2015 ވަނަ އަހަރުން ފެށިގެން ސެމްސަންގާއި ގުޅިގެން ދަނީ ރާއްޖޭގައި ސެމްސަންގް ގެ ފޯނުތައް ރަސްމީ ކޮށް ތައާރަފު ކުރަމުންނެވެ.