ގިނަ އަދަދެއްގެ ހަތިޔާރު ހިފައިގެން ހުރި މީހަކު، ނޯވޭގެ ވެރިރަށް އޮސްލޯއާއި ދާދި ކައިރީގައި ހުންނަ މިސްކިތަކަށް ވަދެ ބަޑީގެ ހަމަލާތަކެއް ދީ، އެކަކު ޒަހަމްކޮށްލައިފިއެވެ.

ހޮނިހިރުދުވަހުގެ ހަމަލާގައި ޒަހަމްވެފައިވަނީ މިސްކިތުގެ ޖަމާއަތުގައި ބައިވެރިވަމުންދިޔަ، އުމުރުން 75 އަހަރުގެ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

އިތުރު މީހަކު ޝިކާރައަކަށް ހެދުމުގެ ކުރިން، މިސްކިތް ތެރޭގައި ތިބި މީހުން ވަނީ ހަމަލާ ދިން މީހާގެ ކޮންޓްރޯލް ނަގާފައެވެ.

އަލް-ނޫރު އިސްލާމިކް ސެންޓަރަށް ބަޑީގެ ހަމަލާ ދީފައިވަނީ ދޮން ނަސްލުގެ ޒުވާނެއް ކަމަށާ، ބެލެވޭ ގޮތުގައި މި ހަމަލާތައް ދީފައިވަނީ އޭނާގެ އެކަނި މަސައްކަތުން ކަމަށް ބެލެވޭ ކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ މިޑީއާ ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާ ދިން ކަމަށް "ތުހުމަތުކުރެވޭ" މީހާ މިހާރު ކުރީ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ކަމަށް މައުލޫމާތު ލިބެއެވެ.

މާޗް މަހުގެ ތެރޭގައި ނިއުޒީލަންޑްގެ ކްރައިސްޓްޗާޗްގެ 2 މިސްކިތަކަށްވެސް މީހަކު ވަނީ ބަޑީގެ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގައި 51 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، ހަމަލާ ދިން މީހާގެ ޝަރިޔަތް އަދިވެސް ދަނީ ކުރިއަށެވެ.