އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރެއިން ފަސް ފަރާތަކަށް މަޖިލީހުން ރުހުން ދީފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރުހުން ދީފައިވަނީ ކޮމިޓީން އެންމެ މަތިން މާކްސް ލިބުނު ހަތަރު ފަރާތަށާ ކޮމިޓީން ހަތްވަނަ އަށް އެންމެ މަތިން މާކްސް ލިބުނު ފަރާތެވެ. އެންމެ މަތިން މާކްސް ލިބުނު އާދަމް ޝާމިލްއަށް ބޭނުންވާ އަދަދަށް މެމްބަރުންގެ ވޯޓެއް ނުލިބުނެވެ.

އޭސީސީ މެމްބަރުންނަށް ވޯޓު ލިބުނު ގޮތް

އިބްރާހިމް ޝަކީލް، ދަފްތަރު ނަމްބަރު 3654 - 69 ވޯޓު

ފާތިމަތު އަނޫލާ، ގ.ވޮޑިނޮޅުގެ - 69 ވޯޓު

މަރިޔަމް ޝިއުނާ، ނެދުންގެ، ސ.ހިތަދޫ - 69 ވޯޓު

އައިޝަތު އަބްދުﷲ، ރޯލްގޯލްގެ، ޅ.ހިންނަވަރު - 68 ވޯޓު

އަލީ އަޝްރަފް، ދަފްތަރު ނަމްބަރު ރސ 3366 - 70 ވޯޓު

ކޮމިޓީގެ ރިޕޯޓްގައިވާ ގޮތުން އޭސީސީ މެމްބަރު ކަމަށް ކުރިމަތިލީ ފަރާތްތަކަށް މާކްސް ދިނުމުގައި ބަލާފައި ވަނީ ތައުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި ކޮމިޓީގައި ކުރި އިންޓަވިއުއަށެވެ. އެސީސީއަށް އާ މެންބަރުންތަކެއް އައްޔަން ކުރުމަށް މަޖިލީހުން ރުހުންދީފައިވަނީ އެކޮމިޝަނުގައި މިހާރު ތިއްބެވި ފަސް މެންވަރުންގެ ދައުރު ހަމަވާތީއެވެ.