މާލޭ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެއެވެ.

މާލޭ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައި ވާއިރު، ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ) އިން ބުނީ، ކަރަންޓު ކެނޑިފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި ދިމާވި މައްސަލަ ހައްލުކޮށް ހުރިހާ ސަރަހައްދަކަށް ކަރަންޓު ފޯރުކޮށްދިނުމަށް އެއް ގަޑިއިރަށް ވުރެ ގިނަ އިރު ނަގާނެ ކަމަށް ސްޓެލްކޯ އިން މައުލޫމާތުދެއެވެ.

ޓީވީ އިން ލައިވްކޮށް ދުރަށް ދައްކަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނިކޮށް ކަރަންޓު ކެނޑުމުގެ ސަބަބުން މާލޭގައި އުޅޭ ގިނަ ބަޔަކަށް ޝަރީއަތް ބެލޭ ގޮތް ވަނީ ނުވެފައެވެ.