ސަރުކާރަށް ނުވި ކަމަށް ބުނެ އިދިކޮޅުން ޖަލްސާއެއް ބާއްވާނެ ކަމަށް އިއުލާން ކޮށްފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް އިދިކޮޅުގެ، ޕީއެންސީގެ އަދި ޕީޕީއެމުން ބާއްވާ ސިޔާސީ އެއްވުން "ކޮބާ ނުވިއެއްނު" އެ ނަމުގައި ބާއްވަން އެ ދެ ޕާޓީން ތައްޔާރީތައްވާން ފަށައިފިއެވެ. މި އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ އޮގަސްޓަ މަހު އެއް ވަނަ ދުވަހު އަލިމަސް ކާނިވާ ސަރަހައްދުގައި ކަމަށް އިދިކޮޅުން ދަނީ ބުނަމުންނަނެވެ.
އިދިކޮޅުން މި އެއްވުން ބޭއްވުމުގެ ޝިއާރުގެ ގޮތުގައި ސަރުކާރަށް ނުވި ކަމަށް ބުނަނީ، 32 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރަށް ދިނުމުންވެސް އެއްވެސް ބޮޑު ޕްރޮޖެކްޓެއް ނުވަތަ ކުޑަ ޕްރޮޖެކްޓެއް ވެސް ނުހިންގި ރައްޔިތުން ބިކަވީ ކަމަށް ބުނެއެވެ.
"ކޮބާ ނުވިއެއްނު" މި ނަމުގައި އިދިކޮޅު ފަރާތްތަކުން މި ޖަލްސާ ޕްރޮމޯޓް ކުރަމުންދާއިރު، ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވަނީ އެންމެ ފަހުން ކާނިވަލުގައި ބޭއްވި ރައީސް ޔާމީން ބައިވެރިވި އެއްވުމުން ވެސް ސަރުކާރަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
އަދުރޭ ވިދާޅުވެފައިވާ ގޮތުގައި، އަންނަ މަހު އެކެއްގައި އިދިކޮޅުގެ ހަރަކާތެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށާއި، މި އެއްވުމުގައި އޭނާއާ އެކު ބައިވެރިވި މީހަކާއެކު އެއްވުން ކުރިޔަށް ގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދައްކާ ބިރަށް ފަސްޖެހިވަޑައި ނުގެން އެ އެއްވުމުގައި ރައީސް ޔާމީން ވެސް ބައިވެރިވެ ވަޑައިގަންވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
1000%ތެދު